ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 268/2022/49
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:53
ސުންގަޑި: 11 ޑިސެންބަރު 2022 12:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޭކުރެންދޫގައި ޤާއިމުކުރާ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ހުށަހެޅުމާއި ގުޅޭ:

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ހދ.ނޭކުރެންދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ދަށުން ފެނުގެ ކަނެކްޝަނާއި ނަރުދަމާގެ ކަނެކްޝަން ގުޅައި ދިނުމަށް އެދި ގޭގޭގެ ވެރިފަރާތުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުސަތު 2022 މާރިޗު 27 ން 2022 ޖޫން 26 އަށް ވާނީ ހުޅުވާލެވިފައެވެ. މި މުއްދަތުގެ ތެރޭގައި ބައެއްފަރާތްތަކަށް ފޯމް ހުށަހެޅިފައި ނުވާކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާތީ ފޯމް ހުށަހެޅުމުގެ ފުރުސަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.

އެޕްލިކޭޝަން ފޯމް ހުށަހެޅުމާއި ބަލައިގަތުމާއި އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލު ކުރާނީ މިކަމަށްޓަކައި މިހާރު ޢަމަލު ކުރަމުންދާ ޤަވާޢިދު ނަންބަރ 2020/R-10 " މީހުން ދިރުއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫއުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ޚިދުމަތްތައް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު " ގެ 13 ވަނަ މާއްދާއާއި އެއްގޮތަށް ކަމަށާއި އަދި ފީ އަކާއި ނުލައި ފެންމީޓަރާއި، ނަރުދަމާގެ ޖަންކްޝަން ( ކެޗްޕިޓް ) ގުޅައި ދިނުމުގައި ބެލެވޭނީ މި ޤަވާޢިދުގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ގިންތިތަކުގެ މައްޗަށް ކަމަށާއި ފޯމް ބަލައި ގަތުމާއި ލިސްޓް ފައިނަލް ކުރުމުގައި އަދި ކަނެކްޝަންގެ ޢަދަދު ނިންމުމުގައިވެސް ޢަމަލު ކުރާނީ މި ޤަވާޢިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އަންގަވާފައި ވެއެވެ.

ވީމާ ފެނުގެ ކަނެކްޝަނާއި ނަރުދަމާގެ ކަނެކްޝަން ގުޅުމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިން ފޯމް ހުށަހަޅާފައިނުވާ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާފޯމް    " ފެނުގެ ޚިދުމަތާއި ނުވަތަ ނަރުދަމާގެ ޚިދުމަތަށް އެދޭ ފޯމް " ފުރިހަމަކުރެއްވުމަށްފަހު ފޯމާއި އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަށް ހަމަކޮށް މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ 2022 ޑިސެމްބަރ 4 ވާ އާދިއްތަ ދުވަހުން ފެށިގެން 2022 ޑިސެމްބަރ 11 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 12:00 އަށެވެ.

ފޯމް ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަށް ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި 6520042 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

04 ޑިސެންބަރު 2022