މަސައްކަތް
                	
                ނަންބަރު: (IUL)KRH-PLD/2022/91
                    ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2022
                    ޕަބްލިޝްކުރި ގަޑި:  09:44
                                            ސުންގަޑި: 
                            13 ޑިސެންބަރު 2022 14:00
                        
                    
                ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި އުފަންހިޔާ ޢިމާރާތް ހިމެނޭ ގޯތިތެރެ ކުނިކަހާ ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން
                                ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި އުފަންހިޔާ ޢިމާރާތާއި ގޯތިތެރެ ކުނިކަހާ ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރ: (IUL)KRH-PLD/2022/83 (31 އޮކްޓޫބަރ 2022) ގައި ކުރެވުނު އިޢުލާނާ އެކުގައިވާ މަޢުލޫމާތު ކަރުދާހަށް ބަދަލު ގެނައުމަށް ބޭނުންވާތީ، އެ އިޢުލާނު ބާތިލުކޮށް އަލުން މި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- ޚިދުމަތް ދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުން ދިނުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
 - މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 4 ޑިސެންބަރ 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 13 ޑިސެންބަރ 2022 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
 - ބީލަން ހުށަހެޅުމަށް ގެޒެޓް ކުރެވިފައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަކުރައްވާ ހުށަހަޅަން ވާނެއެވެ.
 - މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާ ނަމަ 13 ޑިސެންބަރ 2022 ވާ އަންގާރ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ދެންނެވިފައިވާ އީމެއިލް އަށް ފޮނުއްވާ ދެއްވުން އެދެމެވެ.
 - މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް، ސާފުކުރުމަށް ބޭނުންވާ ފްލޯ ޗާޓް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
 - ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
 
ބީލަ ން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިން ރޫމް)
14 ޑިސެންބަރ 2022 ވާ ބުދަ ދުވަހުގެ 10:00 ގައި
                04 ޑިސެންބަރު 2022