ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) 457-AIT/1/2022/ 55
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 16:21
ސުންގަޑި: 08 ޑިސެންބަރު 2022 13:30
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ހައި އިންޑް ކޮމްޕިއުޓަރ ސިސްޓަމް ގަތުން

އިޢުލާން

 

2 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެއްޖެއެވެ.

މިބިއުރޯއިން ދީފައިވާ ސްޕެސިފިކޭޝަންއާއި އެއްގޮތަށް 2 ހައިއެންޑް ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެގެން ކުރުވުނު މި ބިއުރޯގެ ނަންބަރު:    (IUL) 457-AIT/1/2022/53 ( 22 ނޮވެމްބަރު 2022 ) އިޢުލާންއާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅުއްވާފައިނުވާތީވެ، އަލުން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

 

ވީމާ، މިތަކެތި ސަޕްލައިކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2022 ޑިސެމްބަރު 8 ވަނަ ދުވަހުގެ 13:30 އަށް މިބިއުރޯ ހިނގަމުންދާ އިމާރާތް، ދާރުލް އީމާން ބިލްޑީންގގެ 8 ވަނަ ފަންގިފިލާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

 

މި ބީލަމާއިބެހޭ މައުލޫމާތު އަދި ގަންނަން ބޭނުންވާ ތަކެތީގެ ސްޕެސިފިކޭޝަން މިއިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް  http://www.statisticsmaldives.gov.mv  އިންވެސް ލިބެން ހުންނާނެވާހަކަވެސް ދެންނެވީމެވެ. ބީލަމްގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2022 ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ 14:00ގެ ކުރިން ބީލަމްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރެއްވުމަށްފަހު  [email protected] އަށް އީމެއިލްކުރައްވައި ރަޖިސްޓްރީވިކަން ޔަގީން ކުރައްވަންވާނެއެވެ.

 

އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެވަޑައިގަންނަވާ ނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008400 އަށް ގުޅުއްވުން އެދެމެވެ.

 

7 ޖުމާދަލްއޫލާ 1444

1 ޑިސެމްބަރު 2022

01 ޑިސެންބަރު 2022