ބީލަން
ނަންބަރު: GS149/IUL-2022/07
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:26
ސުންގަޑި:
22 ޑިސެންބަރު 2022 13:00
ބޮޑުފޮޅުދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2023 ވަނަ އަހަރަށް ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ނަންބަރ:GS149/IUL-2022/07
އިޢުލާން
2023ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުން
- 2023 ވަނަ އަހަރަށް ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިސްކޫލުން ކުރި އިޢުލާން ނަންބަރ:GS149/IUL-2022/06 އާއި ގުޅިގެން ބީލަމުގައި ރަޖިސްޓްރީވެފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެއިޢުލާން ބާޠިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އަމަލުކުރަންޖެހޭ ކަންކަން މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ޑިސެމްބަރ 04 އިން 2022 ޑިސެމްބަރ 12އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް ބޮޑުފޮޅުދޫ ސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޑިސެމްބަރ 12 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މި ބީލަމާގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2022ޑިސެމްބަރ 13 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައި އޮންނާނެއެވެ.
- ބިޑްހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2022ޑިސެމްބަރ 22 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ބޮޑުފޮޅުދޫ ސްކޫލްގެ ލައިބްރަރީ ގައެވެ.
ނޯޓް : ބީލަމުގެ ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހަޅާފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ހާޒިރުވާނަމަ އެކަން އަންގައިދޭ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި ބީލަމާއެކު ހުށަހެޅުމަށް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ
ބޮޑުފޮޅުދޫ ސްކޫލް/ އއ.ބޮޑުފޮޅުދޫ
ފޯން: 6660841
އީ-މެއިލް [email protected]
01 ޑިސެމްބަރ 2022
01 ޑިސެންބަރު 2022