ބީލަން
ނަންބަރު: (IUL)360/360/2022/46
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 12 ޑިސެންބަރު 2022 13:00
ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ.ކެޔޮދޫ އައުޓްޑޯ ވޮލީކޯޓް އެޅުމަށް ކަނޑައަޅާފައިވާ ބިން ސާފުކުރުން

ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ

   ވ. ކެޔޮދޫ ދިވެހިރާއްޖެ                                  

                                                                                                                                            

 

             (IUL)360/360/2022/46: ނަންބަރު   

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ވ.ކެޔޮދޫ އައުޓްޑޯ ވޮލީކޯޓް އެޅުމަށް ކަނޑައަޅާފައިވާ ބިން ސާފުކުރުން

 

        މިނިސްޓްރީއޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ފަރާތުން ވ.ކެޔޮދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯ ވޮލީކޯޓްއެޅުމަށް މި ކައުންސިލުން ކަނޑައަޅަފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

              ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

 

ތާރީޚް

ގަޑި

ތަން

 މައުލޫމާތު ސާފުކުރުން

05 ޑިސެމްބަރު 2022

(ހޯމަ)

13:00

ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ

އަގު ހުށަހެޅުން

12 ޑިސެމްބަރު 2022

(ހޯމަ)

13:00

ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ

 

 

  • ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް މި އިދާރާގެ ނަންބަރު 6700601 އަށް ގުޅުއްވައި ނަން ނޯޓް ކުރެއްވުން އެދެމެވެ.
  • ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ 05 ޑިސެމްބަރު2022ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް ދެވިފައިވާ ގަޑީގެ ފަހުން އެދިވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

 

ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު: 

ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ

ފޯން: 6700601، އީމެއިލް: [email protected] 

 

 

 07 ޖުމާދުލްއޫލާ 1444

01 ޑިސެމްބަރު 2022

01 ޑިސެންބަރު 2022