ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-A/1/2014/47
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:29
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތާބެހޭ

އިޢުލާން

ޕާސްޕޯޓް ހެދުމަށް އެދި މި ޑިޕާޓްމަންޓަށް ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ޕާސްޕޯޓްތައް ހުރުމާއެކު، މިހާރު މި ޑިޕާޓްމަންޓުން ޚިދުމަތް ދެމުންގެންދާ ދުވަސްތަކުގެ އިތުރުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ދޭގޮތަށްވަނީ ހަމަޖެހިފައެވެ. އަދި މިގޮތުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ކަނޑައަޅާފައިވާ ދުވަސްތަކަށްވުރެ ކުރީގެ ތާރީޚަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ޕާސްޕޯޓްތަކެވެ.

ދުވަސް

ނަންބަރު ދޫކުރަން ހަމަޖެހިފައިވާ ގަޑި

ޕާސްޕޯޓް ދޫކުރަން ހަމަޖެހިފައިވާ ގަޑި

22 ނޮވެންބަރު 2014 (ހޮނިހިރު)

ހެނދުނު 9:00 އިން މެންދުރުފަހު 14:30 އަށް

ހެނދުނު 9:00 އިން ދޫކޮށްފައިވާ ނަންބަރުތައް ނިމެންދެން

29 ނޮވެންބަރު 2014 (ހޮނިހިރު)

ހެނދުނު 9:00 އިން މެންދުރުފަހު 14:30 އަށް

ހެނދުނު 9:00 އިން ދޫކޮށްފައިވާ ނަންބަރުތައް ނިމެންދެން

6 ޑިސެންބަރު 2014 (ހޮނިހިރު)

ހެނދުނު 9:00 އިން މެންދުރުފަހު 14:30 އަށް

ހެނދުނު 9:00 އިން ދޫކޮށްފައިވާ ނަންބަރުތައް ނިމެންދެން

 

 

 

      ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

       24 މުޙައްރަމް 1436        

17 ނޮވެންބަރު 2014