ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)316/316/2022/65
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 15 ޑިސެންބަރު 2022 14:00
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކިހާދޫ ކައުންސިލްއިން ގޯތި ދޫކުރުމަށް ކުރެވުނު އިޢުލާނާއިގުޅިގެން ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކުރުން

އިޢުލާން

 

ބ.ކިހާދޫ ކައުންސިލްއިން ގޯތި ދޫކުރުމަށް ކުރެވުނު އިޢުލާނާއިގުޅިގެން ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކުރުން

 

މިކައުންސިލްގެ ނަންބަރު: (IUL)316/316/2021/53 (14 ޑިސެމްބަރ 2021) ޢިއުލާނާއި ގުޅިގެން ގެވަޅަށްއެދި ކުރިމަތިލީ ފަރާތްތަކުގެމެދުގައި ގެވަޅުދިނުމަށް ހެދިފައިވާ އުސޫލާއި އެއްގޮތައް ޕޮއިންޓްދެވިފައިވާގޮތުގެ  ވަގުތީ ލިސްޓް މި އިޢުލާނާއެކު އާންމު ކުރީމެވެ. ވީމާ އާންމު ކުރެވިފައިވާ ލިސްޓުގައި ޕޮއިންޓް ދެވިފައިވާގޮތާއިމެދު އެއްވެސް ޝަކުވާއެއްވާނަމަ 2022 ޑިސެންބަރ 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން ލިޔުމުން މި ކައުންސިލްއަށް ޝަކުވާ ހުށައެޅުއްވުން އެދެމެވެ.

 

އަދި ގޯތި ދޫކުރުމަށް އެކުލަވާލި އުސޫލުގައި ބަޔާންކުރެވިފައިވާ ގޮތައް ގޯއްޗައްއެދި ހުށައަޅާފައިވާ ފަރާތްތަކުގެ މައުލޫމާތައް އައިސްފައިވާ އުނިއިތުރު ބަލާނީ ވަގުތީ ލިސްޓް އާންމުކުރާ ތާރީޙުގެ ނިޔަލަށްކަމަށް ބަޔާންކުރެވިފައިވާތީ، ގޯއްޗަށް އެދި ހުށައެޅި ތާރީޙުން ފެށިގެން މިއަދުގެ ތާރީޙާއާއި ދެމެދު ގޯއްޗަށްއެދި ހުށައެޅި ފަރާތުން ހުށައެޅި އެއްވެސް މަޢުލޫމާތަކަށް އެއްވެސް އުނިއިތުރެއް އައިސްފައިވާނަމަ މަތީގައި ދެންނެވިފައިވާ ތާރީހުގެ ކުރިން ލިޔުމަކުން މި ކައުންސިލަށް ހުށައެޅުއްވުމަށް ދަންނަވަމަވެ. އަދި މިގޮތައް ހުށައެޅޭ މައުލޫމާތައްބަލައި އާންމު ކުރެވިފައިވާ ވަގުތީ ލިސްޓްގައި ޕޮއިންޓްދެވިފައިވާ ގޮތައް އުނިއިތުރު އައުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދަންނަވަމެވެ.

 

އަދި ދަންނަވަމެވެ. ވަގުތީ ލިސްޓް އާންމު ކުރެވިފައިވާ މިއަދުގެ ނިޔަލަށް ގޯއްޗައް އެދިފައިވާ ފަރާތުގެ ނުވަތަ ވާރުތަވެރިންނަށް ނިސްބަތްވާ، ގޯތި ބެހުމާއި ވިއްކުމުގެ އެއްވެސް މައްސަލައެއް ޝަރުއީކޯޓެއް މެދުވެރިކޮށް ނިންމިފައިވާނަމަ އެ މައުލޫމާތުވެސް ލިޔުމަކުން މި ކައުންސިލާއި ޙިއްސާކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ.  އަދި މަތީގައި ދެންނެވިފައިވާ އެއްވެސް މައުލޫމާތަކަށް ބަދަލު އައިސްފައިވާކަން އެނގިހުރެ އެ މައުލޫމާތެއް ދެވިފައިވާ މުއްދަތުގެ ތެރޭގައި ހިއްސާ ނުކުރާކަން ގޯތި ދޫކުރެވުނު ފަހުން އެނގިއްޖެނަމަ މައުލޫމާތު އޮޅުވާލީކަމަށް ބަލައި އެފަރާތަކަށް ދެވިފައިވާ ގެވަޅު ނެގުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވާ ވާހަކަ ދަންނަވަމެވެ.

 

އަދި، މި ކައުންސިލުން ގޯތި ދިނުމަށް ހުޅުވާލާ ކުރެވިފައިވާ ނަންބަރު: (IUL)316/316/2021/53 (14 ޑިސެމްބަރ 2021) ޢިއުލާނުގެ ނޯޓްގައި ބަޔާންކޮށްފައިވާފަދައިން ކިހާދޫގެ ލެންޑްޔޫސް ޕްލޭން ފާސްވެ ކައުންސިލަށް އިތުރު 14 ގޯތި ދޫކުރުމުގެ ބާރުވެރިކަން ލިބިފައިވާތީ ކުރިން ދެންނެވި އިޢުލާނުގައިވާ 27 ގޯތީގެ އިތުރުން، 14 ގޯތި ދިނުމަށް މި ކައުންސިލުގެ 4 ވަނަ ދައުރުގެ 47ވަނަ ޖަލްސާއިން ނިންމާފައިވާ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.

 

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ ޢިއުލާން ކުރީމެވެ.

07 ޖުމާދުލްއޫލަ 1444ހ.

01 ޑިސެމްބަރ 2022މ.    

01 ޑިސެންބަރު 2022