މަސައްކަތް
ނަންބަރު: FNK-I/IUL/2022/595
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 05 ޑިސެންބަރު 2022 15:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގއ.ވިލިނގިލި އައު އިންޖީނުގެއާއި އިންޖީނުގޭ ގޯތި ތެރެއަށް ބެކް ފިލިންގްއަށް ވެލި އެޅުމުގެ މަސައްކަތާ ގުޅޭ:

ނަންބަރު: FNK-I/IUL/2022/595  

އިޢުލާން

ގއ.ވިލިނގިލި އައު އިންޖީނުގެއާއި އިންޖީނުގޭ ގޯތި ތެރެއަށް ބެކް ފިލިންގްއަށް ވެލި އެޅުމުގެ މަސައްކަތާ ގުޅޭ:

 

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

01 އިން 05 ޑިސެމްބަރ 2022

08:00 އިން 15:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

04 ޑިސެމްބަރ 2022

15:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

06 ޑިސެމްބަރ 2022

 11:30 ހެނދުނު

      މި ކުންފުނިން ގއ.ވިލިނގިލިގައި އަޅަމުންދާ އައު އިންޖީނުގެއާއި އިންޖީނުގޭ ގޯތި ތެރެއަށް ބެކް ފިލިންގްއަށް ވެލި އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނަށް ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގަކީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގެއް ކަމަށް ވާތީ އަލުން އެފުރުސަތު ހުޅުވާލީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

-          އިޢުލާން ނަންބަރ

-          ކުންފުނީގެ ނަން

-          ނަމާއި ފޯނު ނަންބަރ

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ.

   

ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

01 ޑިސެންބަރު 2022