މަސައްކަތް
ނަންބަރު: (IUL)419-ESMSPL/419/2022/122
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 21:29
ސުންގަޑި: 19 ޑިސެންބަރު 2022 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ ހައުސިންގ ޔުނިޓްތަކުގެ ނަރުދަމާގެ މައްސަލަ ހައްލުކުރުމާއި ވަޅު ބަހައްޓާނެ ފަރާތެއް ހޯދުމާއިގުޅޭ.

ގދ.ގައްދޫ ހައުސިންގ ޔުނިޓްތަކުގެ ނަރުދަމާގެ މައްސަލަ ހައްލުކުރުމާއި ވަޅު ބަހައްޓާނެ ފަރާތެއް ހޯދުމާއިގުޅޭ.

 

މިކައުންސިލުންދޭ މާއުލޫމާތާއި އެއްގޮތަށް، ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން ގދ،ގައްދޫގައި ޢިމާރާތްކޮށްފައިވާ 50 ހައުސިންގ ޔުނިޓްގެ ނަރުދަމާގެ މައްސަލަ ހައްލުކުރުމާއި ހައުސިންގ ޔުނިޓް ތަކުގައި ވަޅު ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

 ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރުމަށްފަހު  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

1

މަޢުލޫމާތު ބައްދަލުވުން އޮންނާގެ ތާރީޚާއި ތަން

  • 08 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ގދ.ގައްދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 19 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހުގެ 13:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.  

30 ނޮވެންބަރު 2022