ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)164/1/2022/140
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 16:26
ސުންގަޑި: 11 ޑިސެންބަރު 2022 10:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
7 ޑިސެމްބަރ 2022 އިން ފެށިގެން އީފާސްއިން ލޮގިންކުރެއްވުމަށް "ޓޫ ފެކްޓަރ އޯތެންޓިކޭޝަން" ބޭނުންކުރަން ފެށުން

7 ޑިސެމްބަރ 2022 އިން ފެށިގެން އީފާސްއިން ލޮގިންކުރެއްވުމަށް 

 "ޓޫ ފެކްޓަރ އޯތެންޓިކޭޝަން" ބޭނުންކުރަން ފެށުން 

 

ސަރުކާރުގެ ޑިޖިޓަލް ޚިދުމަތްތަކަށް ލޮގިންވުމަށް ބޭނުންކުރާ އީފާސް ގެ ރައްކާތެރިކަން ހަރުދަނާކުރުމަށް، ޓޫ ފެކްޓަރ އޯތެންޓިކޭޝަން، 7 ޑިސެމްބަރު 2022 އިން ފެށިގެން ބޭނުންކުރަން ވަނީ ނިންމާފައެވެ. މި ބަދަލާއެކު އީފާސް ބޭނުންކޮށްގެން ލޮގިންވާއިރު، އީފާސް ރަޖިސްޓްރީ ކުރުމަށް ބޭނުންކޮށްފައިވާ މޯބައިލް ނަންބަރު ނުވަތަ އީމެއިލް އަށް 6 އަކުރުގެ ކޯޑެއް ލިބޭނެއެވެ. އަދި ލޮގިން ފުރިހަމަވާނީ މި ކޯޑު، ލޮގިން ޕޭޖްގައި ޖެހުމަށްފަހުގައެވެ. 

މި ބަދަލާއެކު، އީފާސް ގެ ޕާސްވޯޑް ގެ އިތުރުން އީފާހުގައި ބޭނުންކޮށްފައިވާ މޯބައިލް ނަންބަރު ނުވަތަ އީމެއިލް އެކައުންޓަށް އޯޓީޕީ ކޯޑެއް ލިބި ވަޑައިގަންނަވާނެއެވެ. އަދި މި ކޯޑް އާއިނުލައި، އިފާސް އިން ލޮގިންވާ އެއްވެސް ޑިޖިޓަލް ޚިދުމަތަކަށް ނުވަދެވޭނެއެވެ. އެހެން ކަމުން ރައްކާތެރިކަމުގެ އިތުރު ފަށަލައެއް މިބަދަލާއިއެކު ޤާއިމްކުރެވެއެވެ.  

އެހެންކަމުން އިފާސްއަށް ގެނެވޭ މި ބަދަލު ތަންފީޛް ކުރުމުގެ ކުރިން، އީފާސް ބޭނުންކުރައްވާ ހުރިހާ ފަރާތްތަކުންވެސް އީފާހުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރާއި އީމެއިލް އެޑްރެހަށް އެކްސެސް ލިބޭނީ ހަމައެކަނި އެފަރާތްތަކައްކަން ކަށަވަރު ކުރެއްވުމަށް އިލްތިމާސް ކުރަމެވެ.  

އީފާސް ގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރު އަދި އީމެއިލް، efass.gov.mv އަށް ލޮގިންކުރެއްވުމުން ފެނިވަޑައިގަންނަވާނެއެވެ. އަދި މައުލޫމާތަށް އަމިއްލަފުޅަށް ބަދަލުގެނެވޭނެއެވެ. އީފާސް ގެ އެއްވެސް މައްސަލައެއް ދިމާވާނަމަ، [email protected] އަށް އީމެއިލްކުރެއްވުމުން، ނުވަތަ ރަސްމީގަޑީގައި 3344000 ނަންބަރަށް ގުޅުއްވުމުން އެމައްސަލައަށް މި އިދާރާއިން އިޖާބަދޭނެވާހަކަ ދަންނަވަމެވެ. 

ވީމާ ޓޫ ފެކްޓަރ އޯތެންޓިކޭޝަން ފީޗަރ، 7 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުން ފެށިގެން ބޭނުންކުރަން ފަށާނެ ވާހަކަ އާންމުކޮށް އިޢުލާން ކުރީމެވެ. 

 

 

 

30 ނޮވެންބަރު 2022