ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2014/168
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 01 ޑިސެންބަރު 2014 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް އެނަލިސްޓް

ކޮންޓްރެކްޓް އުސޫލުން ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެންވަޔަރަންމަންޓް އެނަލިސްޓް

މުއްދަތު

10 މަސް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި އިނާޔަތްތައް

މުސާރަ:  -/6,295 ރ ، ސަރވިސް އެލަވަންސް: -/2,000 ރ

( އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. )

ވަޒީފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން

މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / އެންވަޔަރަންމަންޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުތު

  1. ތިމާވެށީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ތިމާވެށިގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ތިމާވެށީގެ މަސައްކަތާ ގުޅޭ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ
  4. ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ދިވެހިރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމާއި، ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތަކާއި، އުސޫލުތަކާއި، އިރުޝާދުނާމާތަކާއި ޕްލޭންތައް ހެދުން.
  2. ޤައުމީ ތަރައްޤީއާއި، އިޖްތިމާޢީ ކަންކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކުރުން ސަރުކާރުގެ މައިމަގަށް ނެރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  3. ދިރޭތަކެތީގެ ނަސްލުން ލިބޭ ފައިދާތައް ހަމަހަމަ އިންސާފުވެރި ގޮތެއްގައި ޙައްޤުވާ ފަރާތްތަކަށް ލިބިދެވޭނެ ގަވައިދުތަކާއި، އުސޫލުތައް އަދި މިންގަނޑުތައް ހެދުން.
  4. ދިވެހިރާއްޖޭގެ ދިރޭތަކެއްޗާއި އެތަކެތީގެ މާޙައުލުތަކާއި އެތަކެއްޗަށް އަންނަ ކޮންމެ ބަދަލަކާ ގުޅިގެން އިންސާނުންގެ ދިރިއުޅުމަށާއި ތިމާވެށްޓަށް ކުރާ އަސަރު ދަނެގަނެ، އެކަމާބެހޭ އެންމެހާ މަޢުލޫމާތު އެއްކޮށް އެތަކެތީގެ ވެލުއޭޝަން ހަދައި ޑޭޓާބޭސް/ ޖީ.އައި.އެސް. ތައްޔާރުކޮށް ބެލެހެއްޓުން
  5. ޤައުމީ ފެންވަރުގައާއި، އަތޮޅު ފެންވަރުގައާއި، އަދި ރަށުފެންވަރުގައި ދިރޭ ތަކެއްޗާއި ތަންތަން ހިމާޔަތްކުރުމާބެހޭ މަޝްރޫޢުތައް ރާވައި ހިންގުން
  6. ރާއްޖޭގެ ދިރޭތަކެތީގެ ނަސްލާއި އެތަކެތި ދިރިއުޅޭ މާޙައުލާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ދާއިރާތަކާ ގުޅައިގެން ކުރަންޖެހޭ މަސައްކަތްތައްކުރުން
  7. ރާއްޖޭގައި ޙިމާޔަތްކުރާ ސަރަޙައްދުތަކާއި ދިރޭތަކެއްޗާ ބެހޭގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. ދިރޭތަކެތީގެ ނަސްލާ ގުޅޭގޮތުން ދިވެހިރާއްޖޭއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ މަސައްކަތް ކުރުން
  9. މިނިސްޓްރީން ހިންގާ އަދި ބައިވެރިވާ ތަފާތު ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

މިނޫނަސް އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ދިރޭތަކެތީގެ ނަސްލާ ގުޅޭ މަސައްކަތްތައް ކޮށްފައިހުރި މިންވަރު.
  2. ގިނަވަގުތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަތުރުފަތުރު ކުރެވޭ ފަރާތަކަށްވުން.
  3. އިންޓަރނޭޝަނަލް ރިލޭޝަންގެ ތަޖުރިބާ ހުރި މިންވަރު.
  4. ޑޭޓާ ބޭސް މެއިންޓެއިންސް އިންފޮރމޭޝަން ސިސްޓަމް އަޕްޑޭޓް ކުރުން ފަދަ މަސައްކަތުގެ ތަޖުރިބާ ހުރި މިންވަރު.
  5. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 01 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 02 ޑިސެންބަރު 2014 އާއި 31 ޑިސެންބަރު 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

27 މުޙައްރަމް 1436

20 ނޮވެންބަރު 2014