ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2014/167
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 04 ޑިސެންބަރު 2014 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް. 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

-/6,295 ރުފިޔާ

-/2,000 ރުފިޔާ

މުސާރައިގެ %35

( އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. )

ވަޒީފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން

ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުތު

  1. ޕްރޮޖެކްޓް ނުވަތަ ސައިންސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްރޮޖެކްޓް ނުވަތަ ސައިންސްގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ޕްރޮޖެކްޓް ނުވަތަ ސައިންސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްރޮޖެކްޓް ނުވަތަ ސައިންސް މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ޕްރޮޖެކްޓް ނުވަތަ ސައިންސްގެ މަސައްކަތާ ގުޅޭ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ
  4. ޕްރޮޖެކްޓް ނުވަތަ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- ޔޫ.އެން.އެފް.ސީ.ސީ.ސީ ގެ ދަށުން ހުށަހަޅަންޖެހޭ ބައިއެނިއަލް ރިޕޯޓުތައް ގަވާއިދުން ތައްޔާރުކޮށް ހުށަހެޅުމުގައި އެހީތެރިވެދިނުން؛

2- ކުލައިމެޓް ޗޭންޖް މިޓިގޭޝަންގެ ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގައި އެހީތެރިވެދިނުން، ދާއިރާ ކުރިއެރުވުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހިތެރިކަން ހޯދުމުގައި ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ ބެއްލެވުމުގެ ދަށުން ކުރުން؛

3- ދުނިޔޭގެ ފެންވަރުގައި ތަޢާރުފުކުރެވޭ މިޓިގޭޝަން ޓެކްނޮލޮޖީތައް ދިރާސާކޮށް ރާއްޖެއަށް އެޕްލައިކުރެވޭ ޓެކްނޮލޮޖީތައް ރާއްޖެއަށް ތަޢާރުފުކުރުމަށް މަސައްކަތް ކުރުމާއި މިކަމުގައި އެއްބާރުލުން ދިނުން؛

4- މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން ވަކިން ޚާއްޞަކޮށް މިޓިގޭޝަނާ ބެހޭގޮތުން ބޭރުގެ އެކިއެކި ޖަމާޢަތްތަކުން ހިންގާ އެކިއެކި މަޝްވަރާ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި ބައިވެރިވާންޖެހޭ ޙާލަތްތަކުގައި މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވުން؛

5- ޑިޕާޓްމަންޓުން ތައްޔާރުކުރެވޭ ކްލައިމެޓް ޗޭންޖް މިޓިގޭޝަން ޕްރޮޖެކްޓް ކޮންސެޕްޓްތައް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ތައްޔާރުކުރުމުގައި މިކަމުގައި އެހީތެރިވެދިނުން؛

6- ރާއްޖޭގެ ގްރީންހައުސް ގޭސް އިންވެންޓްރީ ހެދުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މިކަންތައް ކަމާބެހޭ ސުޕަވައިޒަރުގެ ބެއްލެވުމުގެ ދަށުން ވިލަރެސްކުރުން؛

7- ޔޫ.އެން.އެފް.ސީ.ސީ.ސީ އަދި ކިޔޯޓޯ ޕްރޮޓޮކޯލްގެ ދަށުން އެއްބަސްވެވޭ އަދި ރާއްޖެ ޤަބޫލުކުރާ ތަފާތު މާކެޓް މެކޭނިޒަމްތައް ރާއްޖެ ތަޢާރުފު ކުރުމާއި، ހިންގުމުގައި އެހީތެރިވުން؛

8- ކުލައިމެޓް ޗޭންޖް މިޓިގޭޝަން ދާއިރާއިން ކުރާ މަސައްކަތްތައް ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މޫސުމަށް އަންނަ ބަދަލުތަކާއި ނުވަތަ މި ދާއިރާއާ ގުޅުންހުރި މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިންގުމުގައި ތަޖުރިބާ ލިބިފައިވާ މިންވަރު.
  2. ތިމާވެށްޓާއި ހަކަތައާ ގުޅޭ މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ތަޖުރިބާގެ މިންވަރު.
  3. މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތަކާއި މި ދާއިރާގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.
  4. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 04 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 07 ޑިސެންބަރު 2014 އާއި 31 ޑިސެންބަރު 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

27 މުޙައްރަމް 1436

20 ނޮވެންބަރު 2014