ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)165/1/2022/20
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 30 ނޮވެންބަރު 2022 00:00
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މޯބައިލް ފޯނު ޚިދުމަތުގައި ބޭނުންކުރާ ސިމްކާޑު ދޫކުރުމުގެ އުސޫލަށް ބަދަލުގެނައުން

މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާއެކު، މިފަދަ އަމަލުތައް މަދުކުރުމަށް އަޅާ ފިޔަވެޅެއްގެ ގޮތުން، މޯބައިލް ފޯނު ޚިދުމަތް ހޯދުމަށް ބޭނުންކުރާ ސަބްސްކްރައިބަރ އައިޑެންޓިފިކޭޝަން މޮޑިއުލް (ސިމް) ކާޑު ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

މި ބަދަލުތަކާއެކު، ސިމްކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުންނުކުރެވޭ (ނޮން އެކްޓީވޭޓަޑް ސްޓޭޓަސް) ޙާލަތުގައެވެ. ސިމްކާޑު އެކްޓިވޭޓް ވާނީ، ސިމްކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސަރވިސް ޕްރޮވައިޑަރަށް ލިބުމުންނެވެ. ސިމްކާޑު ދޫކުރުމުގެ މި އައު އުސޫލަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ 1 ޑިސެމްބަރ 2022 އިން ފެށިގެންނެވެ. މިކަމާބެހޭ އިތުރު ތަފްސީލް، ޚިދުމަތް ހޯދަން ބޭނުންވާ ސަރވިސް ޕްރޮވައިޑަރގެ ފަރާތުން ލިބޭނެއެވެ.

ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމަށް މި އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިޔަށް އޮތް ތަނުގައި އިތުރު ކަންކަންވެސް ކުރުމަށް ހަމަޖެހިފައިވާ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ. 

30 ނޮވެންބަރު 2022