ބީލަން
ނަންބަރު: (IUL)160-CS/1/2022/121
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި:
06 ޑިސެންބަރު 2022 13:30
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު - ކީރިތި ޤުރްއާން ކިޔެވުމުގެ 35 ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ ޓްރޮފީ، ޝީލްޑް އަދި ތާޖް ތައްޔާރުކުރުމާއިގުޅޭ
ބީލަން ހުށައެޅުމުގެ ދަޢުވަތު
- ކީރިތި ޤުރްއާން ކިޔެވުމުގެ 35 ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ ވަނަވަނައަށް ހޮވޭ ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ޓްރޮފީ، ޝީލްޑް އަދި ތާޖް ތައްޔާރު ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މަޢުލޫމާތު ސާފުކުރުން އޮންނާނީ 06 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 13:30 ގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ކިންގް ސަލްމާން މިސްކިތުގެ 3 ވަނަ ފަންގިފިލާ (ބޮޑުތަކުރުފާނުމަގު) ގައެވެ.
- ބީލަން ހުށައެޅުން އޮންނާނީ 13 ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 13:30 ގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ކިންގް ސަލްމާން މިސްކިތުގެ 3 ވަނަ ފަންގިފިލާ (ބޮޑުތަކުރުފާނުމަގު) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށްދެވިފައިވާ ނަން، އިޢުލާނު ނަމްބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަން ވާނެއެވެ.
- ގަޑިއަށް ބީލަން ހުށަހެޅުމަށް ޙާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
- ބީލަމާގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ ތިރީގައިވާ، ނަންބަރަށް ގުޅުއްވާ ނުވަތަ އީ-މެއިލް އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.
ބީލަމާގުޅޭ މަޢުލުމާތު ސާފުކުރެއްވުމަށް
ޕްރޮކިޔުމަންޓް ޑިޕާރޓްމަންޓް
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު
ފޯން: 7959809
އީ-މެއިލް: [email protected]
30 ނޮވެންބަރު 2022