ދިވެހިރާއްޖެ
އއ.ބޮޑުފޮޅުދޫ ވޮލީކޯޓް ފެންސް ޖެހުމުގެ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
ބޮޑުފޮޅުދޫ ވޮލީކޯޓްގެ ފެންސް ޖެހުމައްޓަކައި ތިރީގައިވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިގޮތުން ތިރީގައި ބަޔާންކުރެވިފައިވާ ތަކެތީގެ އަގުބަޔާންކޮށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން ތަކެތި ފޯރުކޮށްދޭވޭނެ އަގު ބަޔާންކޮށް 2022 ޑިސެމްބަރ 06ވާ އަންގާރަ ދުވަހުގެ 13:00އަށް މި އިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުމަށް ދަންނަވަމެވެ. މިގޮތުން ހުށައެޅޭ ޕްރޮޕޯޝަލްތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 2022 ނޮވެމްބަރ 06ވާ އަންގާރަ ދުވަހުގެ 13:00ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. ބަދަލުގައި ބޭފުޅުން ފޮނުވާ ފަރާތްތަކުން، ކޮންފަރާތަކުން ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660900 ނަންބަރާއެވެ.
ވީމާ، މިކަން އެންގުމަށްޓަކައި އާއްމުކޮށް އިޢުލާންކުރަމެވެ.
30 ނޮވެންބަރ 2022