ދެންނެވުން
ނަންބަރު: (IUL)415/415/2022/154
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:46
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާރާތް ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކަށް ޢަމަލު ކުރުމަށް އެންގުން؛

އިޢުލާން

އިމާރާތް ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކަށް ޢަމަލު ކުރުމަށް އެންގުން؛

 

ދިވެހިރާޖޭގެ ޤާނޫނު ނަންބަރ 4/2017 "އިމާރާތް ކުރުމުގެ ޤާނޫނު" ދަށުން ނަގަންޖެހޭ ހުއްދަތައް ނުނަގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާކަން މިއިދާރާއަށްވަނީ ފާހަގަ ކުރެވިފައެވެ. އަދި ދަންނަވަމެވެ، ދެންނެވިފައިވާ ޤާނޫނާއި އެއްގޮތަށް ޢަމަލު ނުކުރާފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ވާހަކަ ދެންނެވީމެވެ. އަދި މިގޮތަށް އިމާރާތް ކުރުމުގެ ހުއްދަނުނަގައި ނުވަތަ އިމާރާތް ކުރުމުގެ ޤާނޫނާއި ހިލާފަށް ހަދަމުންދާތަނެއް ފާހަގަ ކުރެވިފައިވާނަމަ އެކަން މިއިދާރާގެ ނަންބަރ 6841052 އަށް ގުޅުއްވައި ނުވަތަ މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް އެކަން

ހިއްސާކޮށް ދެއްވުން އެދެމެވެ.

30 ނޮވެމްބަރ 2022

 

 

                                                                ސަޢުދު ޢަލީ

                                                              ކައުންސިލްގެ ރައީސް

30 ނޮވެންބަރު 2022