މަސައްކަތް
ނަންބަރު: ( IUL )241-A/241/2022/18
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 14 ޑިސެންބަރު 2022 00:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލައިސަންސް ޓެސްޓް ޑްރައިވިން ޓްރެކްގެ ނުނިމިހުރި މަސައްކަތް ކުރުމަށް

                                                   

                                                                          

                                                                    

                                                        ނަންބަރ. (IUL)241-A/241/2022/18

އިޢުލާން

 ލައިސަންސް ޓެސްޓް ޑްރައިވިން ޓްރެކްގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެ

                 ގއ. ވިލިނގިލީގައި އަތޮޅުކައުންސިލުން ގާއިމްކުރާ ލައިސަންސް ޓެސްޓް ޑްރައިވިންގ ޓްރެކްގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށްޓަކައި ( ފޭސް 2 ގެ ) ގޮތުގައި ކުރަން ހަމަޖެހިފައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ. ޓްރެކްގައި ކުރަން ޖެހޭ މައިގަނޑު މަސައްކަތްތަކަކީ:

1-      ލައިސަންސްޓްރެކްގެ ވަށާފާރު ރާނާ ސިމެންތިޖަހާ ކުލަލާ ނިންމުން

2-      ލައިސަންސް ޓްރެކްގެ ކޮންކްރިޓް އަޅާފައިވާ ބައިގެ ފިނިޝިންގ ހެދުން

3-      ޓްރެކްގެ ފެންހިންދާ ނިޒާމް ރަގަޅު ކުރުން

4-      ޓްރެކްގެ ލައިޓްތައް ޖެހުމާއި ، ކަރަންޓް މަސައްކަތްތައް ނިންމުން

 

                 ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 6 ޑިސެމްބަރ 2022ވާ އަންގާރަ  ދުވަހުގެ 13.00އަށް       މިއިދާރާގައި ރަޖިސްޓްރި ކުރެއްވުންއެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށްޓަކައި ތިރީގައި މިދަންނަވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ ޕްރޮކިއުމެންޓް އީމެއިލް )  (  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީ ކޮޕީ .

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ އީ މެއިލް އެޑްރެސް .

ގުޅޭނެ މޮބަލް ނަންބަރ.

                 ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މަސައްކަތާއި   ގުޅޭ މަޢުލޫމާތު ދެވޭނެއެވެ. މިމަސައްކަތާއި ބެހޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 11ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 13:30ގައެވެ. ގއ. އަތޮޅުކައުންސިލް އިދާރާގައެވެ. މި މަސައްކަތް ކުރުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް 14 ޑިސެމްބަރ 2022ވާ ބުދަ ދުވަހުގެ 13.30 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އޮންލައިންކޮށް ހުށަހަޅާ ބިޑްތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ.

                މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެ ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މަރާމާތްކުރުމުގެ މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ. ނަމަވެސް ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް

  • ހުށަހަޅާ އަގަށް            60%
  • މުއްދަތަށް               10%
  • ލިބިފައިވާ ތަޖުރިބާ އަށް       20%
  • މާލީ ތަނަވަސްކަމަށް         10% ( މާލީ ތަނަވަސްކަން ހުރި ކަމަށް ބަލައިގަނެވޭނީ ހުށަހަޅާ ފަރާތުގެ ބޭންކް ސްޓޭޓްމެންޓް ނުވަތަ ގެރެންޓަރ ދޭ ފަރާތެއްގެ ލިއުމެއް ) ހުށަހެޅުމުންނެވެ.

                  މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ. .

                 6  ޖުމާދަލް އައްވަލް   1444ހ. 

                 30    ނޮވެމްބަރ     2022 މ.

 

                                                                            

30 ނޮވެންބަރު 2022