ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)316/316/2022/64
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 31 ޖަނަވަރީ 2023 14:00
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯތި ތަކުގެ ރަޖިސްޓްރޭޝަންއާއިބެހޭ

އިޢުލާން

 

 

ބަންޑާރަ ގޯތި ތަކުގެ ރަޖިސްޓްރޭޝަންއާއިބެހޭ

 

ކިހާދޫއިން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރޭގައި ހިމެނޭ ގޯތިތައް ރަޖިސްޓްރީ ކޮށްދެވިފައިވާ ފަރާތް ނިޔާވުމުގެ ސަބަބުން ނުވަތަ އެހެން ސަބަބެއް މެދުވެރިވެގެން ނަމަވެސް ޝަރުއީ ކޯޓެއް މެދުވެރިކޮށް މިލްކުވެރިކަން ބަދަލުކުރެވިފައިވާ، ވާރުތަވެރިންގެ މެދުގައި ގޯތި ބަހާފައިވާ ނުވަތަ ހިބަކޮށްދީފައިވާ އަދި ވިއްކާލާފައިވާ ގޯތިތަކުގެތެރެއިން މިއަދާއި ހަމައަށް މި މައުލޫމާތު މިކައުންސިލާ ހިއްސާކުރެވިފައިނުވާ ގޯތިތަކުގެ މައުލޫމާތު ހޯދުމަށް ބޭނުންވެއެވެ.

 

      ވީމާ މި އިއުލާނާއިއެކު އާއްމު ކުރެވިފައިވާ ކިހާދޫގެ ގޭބިސީތައް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ނިޔާވެފައިވާ މީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ގެވަޅުތަކުގެ ތެރެއިން، އެ ގެވަޅެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތުގެ (ނިޔާވެފައިވާ ފަރާތުގެ) ވާރުތަވެރިންނަށް ގެވަޅުގެ މިލްކުވެރިކަން ޝަރުއީ ކޯޓެއް މެދުވެރިކޮށް ބަދުލު ކުރެވިފައިވާ ފަރާތްތަކުން އަދި މި ލިސްޓްގައިވާ ގެވަޅުތަކުގެ ތެރެއިން ވިއްކާލެވިފައިވާ ނުވަތަ ހިބަކޮށް ދެވިފައިވާ ގެވަޅެއް ވާނަމަ 2022 ޑިސެންބަރ 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކަމާ ގުޅުންހުރި ލިޔެކިޔުންތަކާއިއެކު މި މައުލޫމާތު މި އިދާރާއާއި ހިއްސާކުރުމަށް ދަންނަވަމެވެ.

 

އަދި ދަންނަވެމެވެ. މި އިޢުލާނާއެކު އާންމުކުރެވިފައިވާ ލިސްޓުގައިވާ ގެވަޅުތަކުގެ ތެރެއިން އެ ގެވަޅެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތް ނިޔާވެފައިވާނަމަ އެފަރާތުގެ ކިބައިން މި ގެވަޅު ވާރުތަވާ ފަރާތްތަކުގެ ނަމަށް ގެވަޅުގެ ރަޖިސްޓްރީ ބަދަލު ކުރުމަށްޓަކައި މި އިޢުލާން އަންމުކުރެވޭތާ 60 ދުވަހުގެ ތެރޭގައި ޝަރުއީކޯޓަށް މައްސަލަ ހުށައެޅުއްވުމަށްފަހު އެ މައުލޫމާތު މި އިދާރާއާއި ހިއްސާކުރުމަށް ދަންނަވަމެވެ. 

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ ޢިއުލާން ކުރީމެވެ.

06 ޖުމާދުލްއޫލަ 1444ހ.

30 ނޮވެމްބަރު 2022މ.                                                                                                                                                                       

30 ނޮވެންބަރު 2022