ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)1-CSO(HR)/1/2022/80
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 07 ޑިސެންބަރު 2022 14:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ހެލްޕަރ ލޮޖިސްޓިކްސް

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ މިދަންނަވާ  މަގާމަށް މުވައްޒަފަކު ބޭނުންވެއެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލާފައިވަނީ، މިއޮފީގައި ވަޒީފާއަދާކުރަމުންދާ މުވައްޒަފުންނަށެވެ.

މަގާމުގެނަން

ހެލްޕަރ ލޮޖިސްޓިކްސް

ރޭންކް:

އެސް.އެސް 2

އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް:

ކޯޕަރޭޓް ސަރވިސް އޮފީސް/ ފައިނޭންސް އެންޑް މެއިންޓެނަންސް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

3,470.00 ރުފިޔާ

ސަރވިސް އެލަވަންސް:

1,000.00 ރުފިޔާ

ޚާއްޞަ އެލަވަންސް:

1,561.5 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

އޮގްޒިލަރީ ސަރވިސް އެލަވަންސް:

700.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- ލިޔަންކިޔަން ދަތުން. އަދި މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،  ދާއިމީ  ޑްރައިވިންގ  ލައިސަންސް  (ކެޓަގަރީ: A1, A0, B1, C1) އޮތް މީހަކު ކަމުގައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- އޮފީހުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ތަކެތި ރައްދުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުމާއި، އޮފީހުގެ ވެހިކަލްތަކުގެ ދަތުރުތައް އޮފީހުން އަންގާ ގޮތުގެ މަތިން ކުރުމާއިއެކު، ވެހިކަލްތައް ސާފުކޮށް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ތަކެތި:

ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".

ށ. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

ނ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު :

މި މަގާމަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު، 2022 ޑިސެންބަރު 7 ވާ ބުދަ  ދުވަހުގެ 14:00 ގެ ކުރިން، މި އޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ  މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް  ހުށަހެޅުއްވުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ.

އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.        މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/  އެވެ.

30 ނޮވެންބަރު 2022