މަސައްކަތް
ނަންބަރު: 2014/111
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 30 ނޮވެންބަރު 2014 11:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންޕްލާންޓް ސަރަޙައްދުގެ އުތުރުން ހުޅަނގަށް އޮތް ބިން ރެސްޓޯރަންޓުގެ ގޮތުގައި ތަރައްޤީކުރުމަށް

ގައްދޫ ކުރީގެ ފެންޕްލާންޓް ސަރަޙައްދުގެ އުތުރުން ހުޅަނގަށް އޮތް ބިން 10 އަހަރުދުވަހަށް ރެސްޓޯރަންޓުގެ ގޮތުގައި ތަރައްޤީކުރުމަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

ގައްދޫ ފެންޕްލާންޓް ސަރަޙައްދުގެ އުތުރުން ހުޅަނގަށް އޮތް ބިން 10 އަހަރުދުވަހަށް ރެސްޓޯރަންޓުގެ ގޮތުގައި ތަރައްޤީކުރުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލެވުނު ފުރުޞަތުގައި މީގެ ކުރިން މީގެ ކުރިން ކޮށްފައިވާ އިޢުލާންތަކަށް އެކަށީގެންވާ މިންވަރަކަށް ތަރުޙީބު ލިބިފައިނުވާތީ އަލުން ފުރުޞަތު ހުޅުވާލަމެވެ.

އެހެންކަމުން ރެސްޓޯރަންޓް ތަރައްޤީކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ގައްދޫ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް ބީލަން ހުށަހެޅުމަށްވެސް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު ކާކުކަން އަންގައިދޭ މުއްދަތު ހަމަނުވާ އައިޑީކާޑު އަދި ފަރުދެއް/ އިންވެސްޓްމަންޓެއް/ ކުންފުންޏެއްގެ ފަރާތުން ބައިވެރިވާނަމަ އެޝަޚްޞެއް އެނގޭނެކަމުގެ ރަސްމީ ލިޔުމަކާއި މަޤާމު ބަޔާން ވާންވާނެއެވެ. ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ބޭފުޅުންގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

އެހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.  

23 މުޙައްރަމް 1436

16 ނޮވެންބަރު 2014