ދިވެހިރާއްޖެ
އިޢުލާނު
މިއިދާރާގެ ނަމްބަރ: (IUL)391-EM/391/2022/21 (21 ޖުލައި 2022) އާއި ޙަވާލާދީ ދަންނަވަމެވެ.
ހައުސިންޔުނިޓަށް އެދި ހުށައެޅުއްވި ފޯމާއިގުޅޭ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މިރަށުގައި އިމާރާތްކުރަމުންދާ 100 ހައުސިން ޔުނިޓް ލިބުމަށް އެދި ފޯމް ހުށައެޅުއްވި ފަރާތްތަކުގެ ގޮތުގައި، މިއިދާރާގައި ދަފުތަރު ކުރެވިފައިވާ ނަންތަކުގެ ލިސްޓް މި އިއުލާނާއެކީގައި އެއްކަރުދާސްކުރީމެވެ. މިލިސްޓް އާންމުކޮށްފައި މިވަނީ ފޯމް ހުށައެޅުއްވިފަރާތައް އިތުރަށް ކަށަވަރުކުރުމުގެ މުހިންމު ބޭނުމުގައެވެ.
ވީމާ، ފޯމް ހުށައެޅުއްވިފަރާތައް ލިސްޓްގައި ހިމެނިފައިވޭތޯ ބައްލަވާ، ލިސްޓާބެހެގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ 5 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ލިއުމުން ހުށައެޅުމަށް ފުރުޞަތު ހުޅުވާލާ މިކަން އާންމުކޮށް އެންގުމައްޓަކައި އިއުލާންކުރީމެވެ.
21 ނޮވެމްބަރ 2022