ދިވެހިރާއްޖެ
ނަންބަރ: HDC(161)-MKS/IU/2022/518
އިޢުލާން |
ހުޅުމާލެއިން ހެވީ ވެހިކަލް ޕާކިންގ ޖާގަ ބީލަމުގެ އުސޫލުން ދޫކުރުމާއި ގުޅޭ
ހުޅުމާލޭގައި ގާއިމުކޮށްފައިވާ ހެވީ ވެހިކަލް ޕެއިޑް ޕާކިންގ ޒޯނުން މުދާ އުފުލާ ބަރު އުޅަންދުފަހަރު ޕާކު ކުރާނެ 25 ޖާގައެއް ބީލަމުގެ އުސޫލުން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް މިކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.
ބީލަން ކުރިއަށް ގެންދިއުމުގެ މަރުހަލާތައް
ތަން |
ތާރީހާއި ގަޑި |
މަރުހަލާތައް |
އެގްޒިބިޝަން ސެންޓަރ، އެޗް.ޑީ.ސީ ބިލްޑިންގ، ގްރައުންޑް ފްލޯރ |
ތާރީހް:11 ޑިސެމްބަރ 2022 (އާދިއްތަ) ގަޑި: 12:30 އާއި 13:30 އާ ދެމެދު |
ބީލަން ފޯމު ބަލައިގަތުން |
ތާރީހް:11 ޑިސެމްބަރ 2022 (އާދިއްތަ) ގަޑި: 13:30 |
ބީލަން ފޯމު ހުޅުވުން |
ބީލަން ފޯމު ހުށަހެޅުމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު މި އިޢުލާނާއެކު ޝާއިޢުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ މި ކޯޕަރޭޝަނުގެ ހޮޓްލައިން ނަންބަރު 1516 އާ ގުޅުއްވުން އެދެމެވެ.
05 ޖުމާދުލްއޫލާ 1444
29 ނޮވެމްބަރ 2022