ދިވެހިރާއްޖެ
`
ސަރުކާރުގެ ޢިމާރާތްތަކާއި ތަންތަނުގައި ކުލަލުމާއި ބެހޭ
ގދ.ފަރެސްމާތޯޑާގެ ސަރުކާރުގެ އެކިއެކި ޢިމާރާތްތަކާއި ތަންތަނުގެ ވަށާ ފާރުތަކުގައި، (ކުލަ ދީގެން) ކުލަ ލާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، ތިރީގައި މިދަންނަވާ ޢިމާރާތްތަކާއި ތަންތަނުގެ ވަށާފާރުތަކުގައި ކުލަލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ނޮވެމްބަރ 2022 ވާ ބުދަދުވަހުގެ 11:00ށް ގދ.ފަރެސްމާތޮޑާ ކައުންސިލްއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 11:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވަން ވާނީ ކޮންމެ ތަނެއް ވަކިންނެވެ.
- ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ވަށާފާރުގެ އެތެރެއާއި ބޭރު
- ފިނިއައްސޭރީގެ ވަށާފާރުގެ އެތެރެއާއި ބޭރު
- ފަރެސްއަވަށު ޤަބުރުސްތާނުގެ ވަށާފާރުގެ އެތެރެއާއި ބޭރު
- ފަރެސްއަވަށު ހުކުރު މިސްކިތުގެ ވަށާފާރުގެ އެތެރެއާއި ބޭރު
- މާތޮޑާއަވަށު ޤަބުރުސްތާނުގެ ވަށާފާރުގެ އެތެރެއާއި ބޭރު
- ސްޓޭޑިއަމް މާތޮޑާއަވަށް ވަށާފާރުގެ އެތެރެއާއި ބޭރު
- މަސްޖިދުލް ފުރުޤާނުގެ ވަށާފާރުގެ އެތެރެއާއި ބޭރު
- މަސްޖިދުލް ޣުފްރާނުގެ ވަށާފާރުގެ އެތެރެއާއި ބޭރު
- މަސްޖިދުލް ޙަސަން މާތޮޑާއަވަށް ވަށާފާރުގެ އެތެރެއާއި ބޭރު
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.