ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2022/167
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:01
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ސ.ގަމުގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީނާއި ގުޅޭގޮތުން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 2022 ނޮވެމްބަރު 30 އިން ޑިސެމްބަރު 14 އަށް މިއިން ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް, ސ.ގަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިމިނިސްޓްރީއަށް އަންގަވާފައިވެއެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

1- ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :             މިނީފްލޭއަރ ،ޓްރިޕް ފްލޭއަރ، ޕައިރޯސް

2- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:      200 މީޓަރު

3- ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން:              ސ.ގަން

      

ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 

29 ނޮވެންބަރު 2022