މަސައްކަތް
ނަންބަރު: (IUL)233-CA/233/2022/13
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 13 ޑިސެންބަރު 2022 13:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އަތޮޅު ކައުންސިލް އިދާރާއަށް ރިސެޕްޝަން ކައުންޓަރަކާއި، ގާޑުރޫމާއި އޮފީހަށް ބޭނުންވާ ކަބަޑު އަމިއްލަ ތަކެތީގައި ހަދައި ސަޕްލައިކޮށްދިނުން

  1. މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، ރިސެޕްޝަން ކައުންޓަރަކާއި، ކަބަޑުތަކެއް އަމިއްލަ ތަކެތީގައި ހަދައި، ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ އެވެ. ވީމާ، މިކަމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު، ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ، އެންމެކުދި، ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިތަކަށެވެ.
  3. އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 2022 ޑިސެމްބަރ 06 ވާ، އަންގާރަ ދުވަހުގެ 14:00ގެ ކުރިން، [email protected] އަށް "ބިޑް ރަޖިސްޓްރޭޝަން ފޯމް" ހުށަހަޅުއްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. "ބިޑް ރަޖިސްޓްރޭޝަން ފޯމް" އިޢުލާނާ އެޓޭޗްކޮށްފައިވާނެއެވެ. އަދި މިއިދާރާގެ ކައުންޓަރުން ވެސް ފޯމު ލިބިވަޑައިގަންނަވާނެ އެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް، ބިޑްޑޮކިއުމެންޓް ދޫކުރަމުން ގެންދާނެއެވެ.
  4. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން، 2022 ޑިސެމްބަރ 11 ވަނަ ދުވަހުގެ 14:00ގެ ކުރިން، [email protected] އަށް މެއިލް ކުރައްވައި، ނުވަތަ 6660606 ނަންބަރު ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމާ ގުޅިގެން ދޫކުރެވޭ އެންމެހައި މަޢުލޫމާތު ހޯއްދެވުމަކީ، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.

5. އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 2022 ޑިސެމްބަރ 13 ވާ އަންގާރަ ދުވަހުގެ 13:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ.

6. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2022 ޑިސެމްބަރ 13 ވާ އަންގާރަ ދުވަހުގެ، 13:15 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.

7. ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ. މަސައްކަތް ޙަވާލުކުރާނޭ ފަރާތެއް ކަނޑައެޅުމުގައި، މިނިސްޓްރީ އޮފް ފިނޭންސުން އެކުލަވާލައި، 10 ފެބްރުއަރީ 2021 ގައި ގެޒެޓްކޮށްފައިވާ "ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަންތަކުގައި ސަރަޙައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުސޫލު" އަށް އަމަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

29 ނޮވެންބަރު 2022