ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ޑިރެކްޓަރ، ރީޖަނަލް ޑިވެލޮޕްމަންޓް
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އީ. އެކްސް. 1 / ޑިރެކްޓަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ނަންބަރު
|
250067
|
ވަޒީފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން
|
އާރބަން އެންޑް ރީޖަނަލް ޑިވެލޮޕްމަންޓް ޕްލޭނިންގ ސެކްޝަން / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/8835 ރ
ސަރވިސް އެލަވަންސް: -/2000 ރ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)
|
ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އަރބަން އެންޑް ރީޖަނަލް ޑިވެލޮޕްމަންޓް ޕްލޭނިންގ ސެކްޝަނުން ހިންގާ އެންމެހާ ކަންތައްތައް އިސްވެރިޔާގެ ލަފައާއި އިރުޝާދުގެ މަތިން ހިންގައި ބެލެހެއްޓުން.
- ޕްލޭނިންގ ޑިޕާޓްމަންޓުގެ އިދާރީ މަސައްކަތްތައް ހިނގާނުހިނގާގޮތް ސީދާ ބެލެހެއްޓުން. އަދި މަސައްކަތް ހިންގުމުގައި ޑިޕާޓްމަންޓުގެ އިސްވެރިޔާއަށް އެހީތެރިވެދިނުން.
- ސެކްޝަނުންކުރާ މަސައްކަތްތަކުގައި، ފަންނީގޮތުން ބަލަންޖެހޭ އެންމެހާ ކަންތައްތައް ބަލައި މިކަންތައްތައް މަގުފަހިކޮށްދިނުން.
- އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ހިންގައި މި ސިޔާސަތުގެ ދަށުން އެކުލަވާލެވޭ މަޝްރޫޢުތައް ހިނގާނުހިނގާގޮތް ބެލުން.
- ސެކްޝަނުގެ މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރުމާއި މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމާތޯ ބެލުން.
- މަސައްކަތާ ގުޅޭ ދާއިރާއިން ތަމްރީނު ބޭނުންވާ މުވައްޒަފުންނަށް އިތުރު ތަމްރީނު ދިނުމަށް މަގުފަހިކުރުން.
- މަސައްކަތާ ގުޅޭ ދާއިރާއިން ސަރުކާރުގެ އެހެން އޮފީސްތައް ބައިވެރިވާ ބައްދަލުވުންތަކުގައި މިމިނިސްޓްރީ ތަމްސީލު ކުރުން.
- މިމިނިސްޓްރީއަށް އަރބަން އެންޑް ރީޖަނަލް ޑިވެލޮޕްމަންޓް ޕްލޭނިންގ ދާއިރާއާ ގުޅޭގޮތުން އެހެންއޮފީސްތަކުން ހުށަހަޅާ ރިޕޯޓާއި މިފަދަ އެހެނިހެން ލިޔެކިޔުންތަކަށް ކޮމެންޓްކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތައުލީމާއި ތަމްރީނު.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު
- ލީޑަރޝިޕް ހުނަރު
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް (އަމީނީމަގު، މާފަންނު / މާލެ) ނުވަތަ މިނިސްޓްރީގެ އެޗް އާރ ސެކްޝަންގެ އީމެއިލް: [email protected] އަށް ފޮނުއްވުން އެދެމެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 25 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަރވިއު އަދި ޕްރެޒެންޓޭޝަން
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2014 ޑިސެންބަރުމަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.
- އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ).
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
23 މުޙައްރަމް 1436
|