މަސައްކަތް
ނަންބަރު: (IUL)167-E/1/2014/50
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި:
26 ނޮވެންބަރު 2014 11:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއަރކޮންޑިޝަންތައް މަރާމާތުކޮށް ސަރވިސްކޮށް ބެލެހެއްޓުމާބެހޭ
މިސަރވިސްގެ ހެޑްއޮފީހާއި މިސަރވިސްގެ ދަށުން ހިނގަމުންދާ ޖަލުތަކުގެ އެއަރކޮންޑިޝަންތައް މަރާމާތުކޮށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކާއި ގަޑިތަކަށް ޣާޒީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައި ހުންނަ މިސަރވިސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުއްވެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރައްވަން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
26 ނޮވެންބަރު 2014 |
ބުދަ |
11:00 |
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
03 ޑިސެންބަރު 2014 |
ބުދަ |
11:00 |
25 މުޙައްރަމް 1436
18 ނޮވެންބަރު 2014