ދިވެހިރާއްޖެ
ރަށުގެ ބިނާވެށި ޕްލޭންގައި (ލެޖެންޑް 68.2) ގުދަންކުރުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ތެރެއިން ގުދަން ޢިމާރާތްކޮށްނިމި، ގުދަންކުރުމުގެ މަސައްކަތް ކުރަމުން އައި ޢިމާރާތްތަކުގެ ތެރެއިން، މުއްދަތު ހަމަވެފައިވާ ގުދަން ޢިމާރާތް ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ފޯމް ހުށަހެޅުއްވުންއެދެމެވެ. މި އިޢުލާނާގުޅިގެން މަޢުލޫމާތު ދިނުމާއި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.
މަޢުލޫމާތު ދިނުން |
ބީލަން ހުށަހެޅުން |
ތާރީޚް/ގަޑި: 05 ޑިސެންބަރު 2022 / 13:00 |
ތާރީޚް/ގަޑި: 12 ޑިސެންބަރު 2022 / 13:00 |
ތަން: ވިލުފުށީ ކައުންސިލްގެ އިދާރާ |
ތަން: ވިލުފުށީ ކައުންސިލްގެ އިދާރާ |
މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިވަނީ އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވިޔަފާރި ރަޖިސްޓްރީއެއްގެ ދަށުން ނުވަތަ އެނޫންވެސް ލީގަލް ބޮޑީއެއްނަމަ ރަޖިސްޓްރީގެ ކޮޕީ ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.
ހުށަހެޅޭ ބީލަން ފޯމް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.