މަސައްކަތް
ނަންބަރު: (IUL)235-VAC/235/2022/20
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 08 ޑިސެންބަރު 2022 14:00
ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލެޓަރ އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު

"ވ.ހުރަހުފިނޮޅު" ދަތުރު ދިޔުމާއި ފަތުރުވެރިކަމުގެ އެޓްރެކްޝަންއެއްގެ ގޮތުގައި ތަރައްޤީކޮށް ބެލެހެއްޓުން 

ފެލިދެއަތޮޅު އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުގައިވާ "ވ.ހުރަހުފިނޮޅު" ކިޔުނު ރަށް، "ދަތުރު ދިޔުމަށް އަދި ފަތުރުވެރިކަމުގެ އެޓްރެކްޝަން" އެއްގެ ގޮތުގައި ބޭނުންކުރުމަށް ތަރައްޤީކުރުމަށް 24 އޯގަސްޓް 2022 ގައި ބޭއްވުނު މި ކައުންސިލްގެ 4 ވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި ފާސްކުރެވިފައިވާ އުޞޫލާއި އެއްގޮތަށް، މި ކަމަށް ޝަޢުޤުވެރިކަން ހުރި ފަރާތެއް ހޯދުމަށް "ލެޓަރ އޮފް އިންޓަރެސްޓް" ފޮނުވުމުގެ ފުރުޞަތު ހުޅުވާލުމަށް މި ކައުންސިލުން ބޭނުންވެއެވެ.

 މި މަސައްކަތަށް ޝަޢުވެރިފަރާތެއް ހޯދުމަށް މި ކައުންސިލުން ހުށަހަޅަނީ "ޕަބްލިކް-ޕްރައިވެޓް ޕާރޓްނަރޝިޕް" އުސޫލުން ރަށް ތަރައްޤީކޮށް ބެލެހެއްޓުމަށް ޝަޢުޤުވެރިވާ ފަރާތެއް ހޯދުމަށް އާއްމުކޮށް އިޢްލާންކުރުމުން؛ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކާއި ފެލިދެއަތޮޅު އަތޮޅު ކައުންސިލް ބައިވެރިވެގެން ހިންގޭ ވިޔަފާރީގެ ޚަރަކާތެއްގެ ގޮތުގައި ކުރުމަށެވެ.

 "ލެޓަރ އޮފް އިންޓަރެސްޓް" ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް "ތަފްޞީލް ޕްރޮޕޯސަލް" ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ.

 "ލެޓަރ އޮފް އިންޓަރެސްޓް" ލިޔުން އީމެއިލް މެދުވެރިކޮށް ނުވަތަ ޕްރިންޓް ޑޮކިއުމަންޓް ގެ ގޮތުގައިވެސް މި ކައުންސިލަށް ހުށަހެޅިދާނެއެވެ.

 މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "ލެޓަރ އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުޞަތު 08 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

 މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޕްރޮޖެކްޓްސް ސެކްޝަން މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ދަންނަވަމެވެ.

  އިތުރު މަޢުލޫމާތު: 

 ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ،

  ފޯން: +960-6700502، ވައިބަރ: +960-7949275  ، އީމެއިލް: [email protected]

28 ނޮވެންބަރު 2022