މަސައްކަތް
ނަންބަރު: (IUL)376/376/2022/64
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 14 ޑިސެންބަރު 2022 11:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނޑިދޫ އައުޓްޑޯރ ޖިމް އިންސްޓޯލްކޮށްދޭން ފަރާތެއް ހޯދުމަށް

ބަނޑިދޫ އައުޓްޑޯ ޖިމް މިކައުންސިލުން ދީފައިވާ ކުރެހުމާއި އެއްގޮތަށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިމަސައްކަތްކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބިޑް ހުށަހެޅުއްވޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ސަތޭކަ ޕަސެންޓް ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައިވެސް ދަންނަވަމެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 6 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި ބިޑްގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމަށް ހުޅުވާލަމެވެ. މި މުއްދަތުގައި ބިޑްގައި ރަޖިސްޓަރީވުމަށްއެދި މި ކައުންސިލަށް  ހުށަހަޅުއްވާފައިނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. ހުށަހަޅާ ބިޑްތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ މިކަމަށް އެދި ބިޑް ހުށަހަޅުއްވާ ހުރިހާ ފަރާތެއްގެ ޙާޟިރުގައި 14 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 11:00 ގައެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6 ޑިސެމްބަރ 2022 ވަނަދުވަހުގެ 11:00 ގެ ކުރިން 9650005/7992129 އަށް ގުޅައިގެން ނުވަތަ  [email protected]   އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

28 ނޮވެންބަރު 2022