ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، ނެއްލައިދޫ ގަބުރުސްތާނު ދެކުނުފަރާތު ވަށާފާރު މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 06 ޑިސެމްބަރު 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް، ބިޑް ރަޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރަޖިސްޓަރވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 07 ޑިސެންބަރު 2022 ވާ ބުދަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި ކައުންސިލް އިދާރާގައި އޮންނާނެއެވެ. ޕްރީބިޑް ސެޝަންގައި ބައިވެރިނުވިކަމުގައިވީނަމަވެސް އަންދާސީ ހިސާބު ހުށަހެޅޭނެއެވެ.
ބިޑް ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/zrtCXNke09
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 19 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި ނެއްލައިދޫ ކައުންސިލްގެ އިދާރާގައެވެ.
މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 07 ޑިސެންބަރު 2022 ވާ ބުދަ ދުވަހު ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓަރނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.