ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތް
މާލެ، ދިވެހިރާއްޖެ
(1UL)182-REG/23/2022/07 :ނަންބަރު
އިޢުލާން
އޯލްޓަރނޭޓިވް/ދިވެހި ބޭހުގެ ޚިދުމަތްދޭ ކްލިނިކްތައް މިނިސްޓްރީ އޮފް ހެލްތްގައި ރަޖިސްޓްރީ ކޮށްފައި ހުރިކަމުގައިވީ ނަމަވެސް، އެތަންތަނުން ވިއްކާ ބޭސްތަކަކީ " ބޭހާއި ބެހޭ ޤަވާއިދު " (ނަންބަރު: R-46/2014) ގެ ދަށުން މި އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ވިއްކާ ބޭހަށް ވާންޖެހެއެވެ. ނަމަވެސް މިފަދަ ބައެއް ކްލިނިކްތަކުން މި އޮތޯރިޓީން ނަގަން ޖެހޭ ހުއްދަ ނުނަގާ ބޭސް ވިއްކަމުންދާކަން މި އޮތޯރިޓީއަށް ވަނީ ކަށަވަރު ވެފައެވެ.
ހުއްދަ ނުނަގައި ވިއްކާ މިފަދަ ބޭސް ތަކަކީ މި އޮތޯރިޓީއިން އޭގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ނުވާ ބޭހަށްވާތީ، މި ބޭސް ބޭނުންކުރުމުގެ ސަބަބުން ހީވެސް ނުކުރާފަދަ ބޮޑު ސިއްޙީ ނުރައްކަލަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަން ފާހަގަ ކުރަމެވެ. އެހެންކަމުން، މިފަދަ ބޭސް ބޭނުންކުރާ ފަރާތްތަކާއި އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިފަދަ ތަންތަނުން ވިއްކާ ބޭސްތައް ބޭނުންކުރުމުގެ ކުރިން، އެ ބޭސް ތަކަކީ މި އޮތޯރިޓީގައި ރަޖިސްޓްރީކޮށް، ހުއްދަ ނަގައިގެން ވިއްކާ ބޭސްކަން ކަށަވަރު ކުރުމަށް އިލްތިމާސް ކުރަމެވެ.
މީގެ އިތުރުން، ނަގަން ޖެހޭ ހުއްދަ ނުނަގައި މިފަދަ ބޭސް ވިއްކާ ފަރާތް ތަކަށް، " ބޭހާއި ބެހޭ ޤަވާއިދު " (ނަންބަރު: R-46/2014) ގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެކަން ޢާންމުކޮށް އެގުމަށްޓަކައި އިޢުލާން ކުރީމެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު: 7200321 އަށް ގުޅުއްވުން އެދެމެވެ.