ދެންނެވުން
ނަންބަރު: 113-FD/1/2022/135
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 08:47
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ޑޮމެސްޓިކް ޓާމިނަލް ޑިޕާޓްމަންޓުގެ ޓެރިފްއަށް އިތުރުކުރެވޭ ޙިދުމަތްތަކާ ގުޅޭ!

 މާލޭ ސައުތުވެސްޓް ހާބަރަށް ވަންނަ އެއްގަމުގައި ދުއްވާ އުޅަނދުފަހަރުތަކުން ދުވާލަކަށް މިހާރު ނަގަމުންގެންދާ 10 ރުފިޔާގެ ބަދަލުގައި 01 ޖަނަވަރީ 2023 އިން ފެށިގެން އުޅަނދުފަހަރު ހާބަރަށް ވަންނަ ކޮންމެ ފަހަރަކު 5 ރުފިޔާ ނެގުމަށް މި ކުންފުނިން ވަނީ ނިންމާފައެވެ.  އަދި 01 ޖަނަވަރީ 2023 އިން ފެށިގެން އިންޑަސްޓްރިއަލް ޒޯން (ފިއުލް ޖެޓީ) އާއި މާލެ ސައުތު ވެސްޓް ހާބަރުގައި (ޓީ ޖެޓީ) އޭރިއާގައި ކްރޭންގެ ހިދުމަތްދޭ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ފީ ނެގުމަށް ހަމަޖެހިފައިވާ ވާހަކަ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.                                                    

1 މާލޭ ސައުތުވެސްޓް ހާބަރަށް ވަންނަ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު                                    

5 ރުފިޔާ (ޖީ.އެސް.ޓީ ހިމަނައިގެން)

މާލޭ ސައުތުވެސްޓް ހާބަރަށް ވަންނަ އެއްގަމުގައި ދުއްވާ އުޅަނދުފަހަރުތައް ހާބަރަށް ވަންނަ ކޮންމެ ފަހަރަކު

 2 އިންޑަސްޓްރިއަލް ޒޯން (ފިއުލް ޖެޓީ )                                        

15 ރުފިޔާ (ޖީ.އެސް.ޓީ ހިމަނައިގެން)

ތެޔޮ ގޭސް ބަރުކޮށްގެން ކައިރިކުރާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ކައިރިކުރި ވަގުތުން ފެށިިގެން ގަޑިއިރަކަށް، މީޓަރަކަށް. ( އުޅަނދުގެ ދިގު މިނުގެ މީޓަރަކަށް )

55 ރުފިޔާ (ޖީ.އެސް.ޓީ ހިމަނައިގެން)

ތެޔޮ ބައުޒަރު ކައިރިކުރާ ވަގުތުން ފެށިގެން 1 ގަޑިއިރަށްވުރެ އިތުރުވެއްޖެނަމަ ، ކައިރިކުރި ވަގުތުން ފެށިގެން ސްލޮޓަކަށް ގަޑިއިރަކަށް. (ސްލޮޓް ތައް ވާނީ މި ޒޯނުގައި ކަނޑައެޅިފައެވެ)

10 ރުފިޔާ (ޖީ.އެސް.ޓީ ހިމަނައިގެން)

ތެޔޮ އެޅުމަށް ކައިރިކުރާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ކައިރިކުރި ވަގުތުން ފެށިގެން 1 ގަޑި އިރަށްވުރެ އިތުރު ވެއްޖެނަމަ، ކައިރިކުރި ވަގުތުން ފެށިގެން ގަޑިއިރަކަށް، މީޓަރަކަށް ( އުޅަނދުގެ ދިގު މިނުގެ މީޓަރަކަށް )

 3 ހާޑް ހެޓް އޭރިޔާ ( ޓީ ސަރަޙައްދު )

50 ރުފިޔާ (ޖީ.އެސް.ޓީ ހިމަނައިގެން)

ކްރޭން ކައިރިކުރާ ވަގުތުން ފެށިގެން 1 ގަޑިއިރަށްވުރެ އިތުރުވެއްޖެނަމަ ، ކައިރިކުރި ވަގުތުން ފެށިގެން ސްލޮޓަކަށް ގަޑިއިރަކަށް (ސްލޮޓް ތައް ވާނީ މި ޒޯނުގައި ކަނޑައެޅިފައެވެ)

 މީގެ އިތުރުން މާލޭ ނޯތު ހާބަރުގައި ބެހެއްޓޭ މުދަލަށް ސްޓޯރޭޖް ފީ، 01 ޖަނަވަރީ 2023 އިން ފެށިގެން ތިރީގައި މިދަންނަވާ ގޮތަށް ބަދަލު ކުރެވިފައިވާ ވާހަކަ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

4  މާލޭ ނޯތު ހާބަރ

މާލޭ ނޯތު ހާބަރު ސަރަޙައްދުގައި ބެހެއްޓޭ ކުންފުނިތަކުގެ ތަކުގެ މުދަލަށް ސްޓޯރޭޖް  ފީ ގެ ގޮތުގައި، މުދާ ބަހައްޓާ ވަގުތުން ފެށިގެން 3 ގަޑިއިރު ހަމަވުމަށްފަހު މުދާ ބެހެއްޓުނު ވަގުތުން ފެށިގެން  ގަޑިއިރަކަށް ، އަކަފޫޓަކަށް    

1 ރުފިޔާ

(ޖީ.އެސް.ޓީ ހިމަނައިގެން)

މާލޭ ނޯތު ހާބަރު ސަރަޙައްދުގައި ބެހެއްޓޭ  މުދަލަށް ސްޓޯރޭޖް  ފީ ގެ ގޮތުގައި މުދާ ބަހައްޓާ ވަގުތުން ފެށިގެން 3 ގަޑިއިރު ހަމަވުމަށްފަހު މުދާ ބެހެއްޓުނު ވަގުތުން ފެށިގެން ދުވާލަކަށް މީޓަރަކަށް     

20 ރުފިޔާ

(ޖީ.އެސް.ޓީ ހިމަނައިގެން)

 

  

28 ނޮވެންބަރު 2022