ދިވެހިރާއްޖެ
2022 މިކައުންސިލަށް ބޭނުންވާ ޤާނޫނީ ލިޔުންތައް ފަރުމާ ކޮށްދިނުމާއި، ޤާނޫނީ ލަފާދިނުމާއި، ކައުންސިލުން ދަޢުވާކުރަންޖެހޭ އަދި ކައުންސިލަށް ދަޢުވާލިބޭ މައްސަލަތަކުގައި ވަކާލާތުކުރުން ފަދަ ޤާނޫނީ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލްގެ 4 ވަނަ ދައުރުގެ 74 ވަނަ އާންމު ޖަލްސާއިން ވަނީ ނިންމާފައެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، ރަޖިސްޓްރީކުރުމަށް 30 ނޮވެމްބަރ 2022 ނިޔަލަށް އެއްކަރުދާސް ކުރެވިފައިވާ ރެޖިސްޓްރީ ފޯމް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ހުށަހަޅާ ފޯމް ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 06 ޑިސެމްބަރ 2022 ވަނަ ދުވަހުގެ ހެދުނު 11:00 ގައި މިއިދާރާގެ ޖަލްސާ ކުރާމާލަމުގައި މިކަމަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ01 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ކުރެވޭ އީމެއިލްތަކަށް 4 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން ޖަވާބު ދެވޭނެއެވެ. އަދި މިއިދާރާގެ ފޯން ނަމްބަރަށް (4002625) ގުޅުއްވައިގެންވެސް މަޢުލޫމާތު ސާފުކުރެވިދާނެއެވެ. މުއްދަތަށް ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.