ދިވެހިރާއްޖެ
ވެބްސައިޓެއް ތަރައްޤީކުރަން ބޭނުންވެއްޖެ
މިއޮފީހުގެ އިޢުލާން ނަންބަރު IUL)460/460/2014/1023) އާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތަށް އެކަށީގެންވާވަރަށް ތަރުޙީބު ލިބިފައިނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މިހާރު މި އޮފީހުން ފަރުމާކޮށްފައިވާ ވެބްސައިޓް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ ފަންނީ ލަފާ ދިނުމަށާއި، އިތުރު ވެބްސައިޓެއް ފަރުމާކުރަން ޖެހިއްޖެ ޙާލަތެއްގައި ފަރުމާކުރުމަށް ފުރުޞަތު ހުޅުވާލައިފީމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 24 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބާއެކު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.
އޮފީސް: އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
ހަނދުވަރީ ހިނގުން
ފޯން: 3010990
ފެކްސް: 3010959
27 މުޙައްރަމް 1436