ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)38-AD/38/2022/337
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 22 ޑިސެންބަރު 2022 11:30
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

(IUL)38-AD/38/2022/337:ނަންބަރު

އިޢުލާނު

އެކްޓިވިޓީ ޔުނީފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް، އެކްޓިވިޓީ ޔުނީފޯމު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުޅުވުން އޮންނާނީ 22 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 21 ޑިސެންބަރު 2022 ވާ ބުދަދުވަހުގެ 11:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު
ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

27 ނޮވެންބަރު 2022