މަސައްކަތް
ނަންބަރު: URH/IUL/2014/42
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:27
ސުންގަޑި: 25 ނޮވެންބަރު 2014 14:00
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރ.އަލިފުށީ ޞިއްޙީމަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ރ.އަލިފުށީ ޞިއްޙީމަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: URH/IUL/2014/31ފ(25 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި ގިނަ މައްސަލަތަކެއް ހުރުމާ ގުޅިގެން، އެ އަންދާސީހިސާބުތައް ބާޠިލުކުރުމަށްފަހު އަލުން މިމަސައްކަތް ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ނޮވެންބަރު 2014 ވަނަ ދުވަހުގެ 2:00 އަށް ރ.އަލިފުށީ ޞިއްޙީމަރުކަޒު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ޑިސެންބަރު 2014 ވަނަ ދުވަހުގެ 2:00 އަށް ރ.އަލިފުށީ ޞިއްޙީމަރުކަޒު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުވޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

27 މުޙައްރަމް 1436 

20 ނޮވެންބަރު 2014