ދިވެހިރާއްޖެ
|
އިޢުލާން |
|
|||
|
އަންދާސީ ހިސާބު ބޭނުންވެއްޖެ:
މި އޭޖެންސީގެ ދަށުން ކ. ހިންމަފުށީގައި ޤާއިމުކުރެވިފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބޭނުންވާ ފެންވަރާ ފެން (ޑީސެލިނޭޓަޑް ފެން) ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ފެންވަރާ ފެނުގެ (ޑީސެލިނޭޓަޑް ފެން) ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 24 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 01 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް، އިވެލުއޭޝަން ކްރައިޓީރިއާ، ބިޑް ސެކިއުރިޓީ އަދި ޕަރފޯމަންސް ގެރެންޓީ ފޯމެޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ. |
|
|||
|
|
ތާރީޚް |
ގަޑި |
ތަން |
|
|
އަންދާސީ ހިސާބު ހުށަހެޅުއްވުން |
04 ޑިސެމްބަރ 2022 (އާދީއްތަ) |
11:00 (މެންދުރުކުރި) |
ނޭޝަނަލް ޑްރަގް އޭޖެންސީގެ މައި އޮފީސް (މ. ސީޓްރެކް ބިލްޑިންގ / ދެވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ / ދިވެހިރާއްޖެ) |
|
|
|
||||