ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-6B/426/2022/531
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 21:03
ސުންގަޑި: 30 ނޮވެންބަރު 2022 00:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހުޅުދޫ އަވަށު މަގުގައި ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ދަތިވާ ގޮތަށްހުރި ތަކެތި ނެގުމާއި ގުޅޭ

އިޢުލާން

މަގުން ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ދަތިވާ ގޮތަށްހުރި ތަކެތި ނެގުމާއި ގުޅޭ

        މިއަވަށުގެ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ މަގުތައް އަދި ގޯޅިމަގަށްވާ ގޮތަށް އިމުން ބޭރަށް މަގުމައްޗަށް ނިކުމެފައިވާ ރުއްގަހާއި މަގުމަތީ ބަހައްޓާފައިވާ ޖޯލިފަތި، ދާގަނޑު، ވެލި ފުނި ފަދަ ތަކެތިން މަގުން ހިނގާ ފަރާތްތަކަށާއި މަގުން ދުއްވާ އުޅަނދުތަކަށް ގެއްލުން ވަމުންދާކަމުގެ ޝަކުވާ މިއޮފީހަށް ދަނީ ލިބެމުންނެވެ.

        ވީމާ، މަގުން ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ދަތިވާ ގޮތަށް ހުރި ރުއްގަސް ކޮށައި ސާފުކޮށް މަގުމަތީ ބަހައްޓާފައިވާ ތަކެތި 2022 ނޮވެމްބަރ 30 ގެ ކުރިން ނެގުމަށް ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ. އަދި މިމުއްދަތުގައި  މިގޮތަށް ޢަމަލުނުކޮށްފިނަމަ މިއޮފީހުން އިތުރު އެންގުމަކާއި ނުލައި މަގުން ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ދަތިވާ ގޮތަށް ހުރި ރުއްގަސް ކޮށައި ސާފުކޮށް މަގުމަތީ ބަހައްޓާފައިވާ ތަކެތި ނަގާނެ  ވާހަކަ ދަންނަވަމެވެ.    

28 ރަބިޢުލްއާޚިރު 1444

22 ނޮވެމްބަރ 2022

22 ނޮވެންބަރު 2022