މަސައްކަތް
ނަންބަރު: (IUL)378/2022/44
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 20:15
ސުންގަޑި: 01 ޑިސެންބަރު 2022 10:30
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ހުޅުދެލީގައި އައުޓްޑޯރ ޖިމެއް ޤާއިމްކުރުމަށް ބޭނުންވާ މެޝިނަރީސް ހޯދުން

 މި އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީގައި އައުޓްޑޯރ ޖިމެއް ޤާއިމްކުރުމަށް ބޭނުންވާ މެޝިނަރީސް ހޯދުމަށް ބޭނުންވާތީ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

ޕްރީބިޑް ބައްދަލުވުން:

މި ބިޑާބެހޭ ހުރިހާ މަޢުލޫމާތެއް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާތީ، މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަންހުށަހަޅާ ފަރާތުގެ ނަން، އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2022 ޑިސެމްބަރ 01 ވާ ބުރާސްފަތި ދުވަހު 10:30 ގައި ހުޅުދެލީ ކައުންސިލްގެ އިދާރާގައި، މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު ޙާޟިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.

އިތުރު މަޢުލޫމާތު

މި ޕްރޮޖެކްޓާބެހޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ، މިކައުންސިލްގެ ނަންބަރަށް ގުޅުއްވައިގެން ނުވަތަ އީމެއިލް ކުރެއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓުގައި އިޢުލާން ނަންބަރާއި ބީލަމުގެ ނަން ލިޔެލަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ފޯން: 6760049

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގައި ކޮންމެ މީހަކަށްވެސް ތަމްސީލް ކުރެވޭނީ އެއް ވިޔަފާރީގެ ނަމުގައެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

24 ނޮވެންބަރު 2022