ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138/138/2014/75
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:25
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގެދޮރުވެރިކުރުން ޕުރޮގުރާމަށް ފޯމު ހުށަހެޅުމާބެހޭ

އިޢުލާން

"ގެދޮރުވެރިކުރުން" ޕުރޮގުރާމަށް ފޯމު ހުށަހެޅުމާބެހޭ

"ގެދޮރުވެރިކުރުން" ޕުރޮގުރާމުގެ ދަށުން މާލޭގެ ރަށްވެހިންނަށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްގެން ގިނަ ދުވަހު އުޅެމުންގެންދާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހިންގޭ ފްލެޓް ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރޭގައި ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ އަހަންމިއްޔަތެއް ދިނުމުގެ ގޮތުން، 15 ޕޮއިންޓް އިތުރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާގުޅިގެން އެފަދަ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ޢާއްމުކޮށް ހުޅުވާލަމެވެ. މިގޮތުން، 15 ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ  އެކުގައި ދިރިއުޅޭ މީހުންގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއް ހިމެނިފައިވާނަމައެވެ.

"އެކުގައި ދިރިއުޅޭ މީހުން" (މިބައިގައި ހިމެނޭނީ ތިމާއާއި، އަނބިމީހާ/ފިރިމީހާ، ދަރިން، ދޮންދަރިން، މަންމަ، ބައްޕަ، ކާފަ، މާމަ، އަދި ރަސްމީ ގޮތުން ބެލެނިވެރިކަން ނަގައިގެން ބަލަމުންދާ ފަރާތްތަކެވެ.) މިގޮތުން ފޯމު ހުށަހަޅާ ފަރާތްތަކުގެ ބެލެނިވެރިކަމުގެ ދަށުގައި ޚާއްޞައެހީއަށް ބޭނުންވާ އެކަކަށްވުރެން ގިނަ ކުދިން ތިބި ނަމަވެސް ދެވޭނީ 15 ޕޮއިންޓެވެ. 15 ޕޮއިންޓް އިތުރު ކުރެވެނީ މިހާރު ޕޮއިންޓް ދިނުމަށް އޮންނަ އުސޫލުން ލިބޭ ޖުމުލައިގެ ތެރެއަށް އިތުރު ކުރެވޭ 15 ޕޮއިންޓުގެ ގޮތުގައެވެ.

ވީމާ، ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކާއި، ފޯމު ހުށަހެޅުއްވުމަށް ނަންބަރު ނަންގަވާފައިވާ ފަރާތްތަކާއި މީގެއިތުރުން ފޯމު ހުށަހެޅުމުގެ ފުރުޞަތު ލިބިފައި ނުވާ ފަރާތްތަކުގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއް ހިމެނޭނަމަ، އެފަރާތެއްގެ މަޢުލޫމާތު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ލޯ ނުވަތަ ނެޝަނަލް ޝޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (NSPA) ގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެއްވުމަށްފަހު، އެފަރާތުން ދޫކުރާ ރަސްމީ ލިޔުމުގެ ކޮޕީއާއެކު ފްލެޓަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތެއްނަމަ ޚާއްޞަ އެހީއަށް ބޭނުންވާ މީހެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ފޯމު ބަލައިގަތުމަށްފަހު ދޫކޮށްފައިވާ މަޢުލޫމާތު ސްލިޕްގެ ކޮޕީ  24 ފެބުރުވަރީ 2015 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

      24 މުޙައްރަމް 1436

17 ނޮވެންބަރު 2014