ދިވެހިރާއްޖެ
މި ކޯޕަރޭޝަނުން ހުޅުވުމަށް ނިންމައިފައިވާ "އެސްއެމްއީ ހަބް"ގެ ފުރަތަމަ ފަންގިފިލާއިން ކާބޯތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތައް ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހެޅުމަށް 10 އޮކްޓޫބަރު 2022 ގައި މި ކޯޕަރޭޝަނުގެ ނަންބަރު (IUL)-BCC/BD/2022/01 އިޢުލާނުން ހުޅުވައިލި ފުރުސަތުގައި، D-1 ކިއޮސްކަށް ޝަރުތު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލައިފައި ނުވާތީ މި ކިއޮސްކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވައިލަމެވެ.
މި ކޯޕަރޭޝަނުން މިފަދަ ހަބެއް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ އެކި ދާއިރާތަކުން ވިޔަފާރި ކުރައްވާ ބޭފުޅުންނަށް މާކެޓް އެކްސެސް ހޯދައިދީ، އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދިނުމެވެ. އެގޮތުން ފުރަތަމަ ފަންގިފިލާގެ ކިއޮސްކުތައް ޚާއްސަ ކުރެވިފައިވަނީ ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ފަރާތްތަކަށެވެ.
މި ކިއޮސްކު ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއިއެކު ހިމަނައިފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ފޯމު ހުށަހަޅުއްވާނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.
އިތުރު މައުލޫމާތު މި އިޢުލާނާއިއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހުން، ނުވަތަ 3305555 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ފޯމު ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 29 ނޮވެންބަރު 2022 ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމައަށެވެ.