މުބާރާތް
ނަންބަރު: (IUL)299/299/2022/50
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 10 ޑިސެންބަރު 2022 00:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މަސްރޭހާއި ގުޅޭ

އިޢުލާން

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މަސްރޭހާއި ގުޅޭ

 

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްރޭހެއް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މި މަސްރޭސް އޮންނާނީ 2022 ޑިސެމްބަރ 10 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 7:00 އިން ހަވީރު 17:30 އަށެވެ.

މިރޭހުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2022 ޑިސެމްބަރ 07 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް އެދޭ ފޯމު، މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި އަދި މުބާރާތުގެ އުސޫލު "މަސްބޭނުމުގެ މުބާރާތާއި ބެހޭ އުޞޫލު – 2022/03" މިއިދާރާއިން ލިބެން ހުންނާނެއެވެ.

އަދި މިމުބާރާތް ސްޕޮންސަރ ކުރެއްވުމަށާއި، އެކިވަނަތަކަށް އިނާމް ހުށަހެޅުއްވުމުގެ ފުރުސަތު 2022 ޑިސެމްބަރ 07 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލެވިފައި ވާކަމުގައި ދެންނެވީމެވެ. މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް މިއިދާރާއަށް ގުޅުއްވުމަށް ދަންނަވަމެވެ.

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

24 ނޮވެންބަރު 2021