ދިވެހިރާއްޖެ
އިޢުލާން
| 
 ހިމަންދޫ ކައުންސިލަށް ޕިކަޕެއް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދުމާއި ގުޅޭ 
  | 
ޕިކަޕް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުން
މި ކައުންސިލަށް 3 ޓަނުގެ ޕިކަޕެއް ސަޕްލައި ކޮށްދޭނޭ ފަރާތެއް ބޭނުންވެއެވެ. ޕިކަޕް ސަޕްލައި ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކުން 30 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނަ ބިޑް ކޮމިޓީގެ ބައްދަލުވުމުގައި ތިރީގައި ހިއްސާ ކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތައް ބިޑް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. އަދި އިސްވެދެންނެވުނު ގަޑީގައި ބިޑް ހެށަހެޅި ފަރާތްތަކުގެ ހާސިރުގައި ބިޑު ކެނޑުންވެސް އޮންނާނެއެވެ.
- 1. އުޅަނދުގެ މަޢުލޫމާތު
 - ޕިކަޕް ( އެކެއް )
 - ޓަނޭޖް 3 ( ތިނެއް )
 - ބްރޭންޑް ، ޓޮޔާޓާ ، އިސުޒު
 - އުފެއްދި ތާރީޙް 2015 ނުވަތަ އެއައްވުރެ ފަހުގެ ތާރީހެއް
 - ކުލަ : ހުދު
 - އިންޖީން ކެޕޭސިޓީ : 3000 ސީސީ ނުވަތަ އެއައްވުރެ މަތި
 - ހަކަތައިގެ ބާވަތް : ޑީސަލް
 - ޓްރާންސްމިޝަން ޓައިޕް : މެނުއަލް
 - ހުންގާނު : ކަނާތްފަރާތު ހުންގާނު
 - ކޮންޑިޝަން : އައު ނުވަތަ ބޭނުންކޮށްފައި
 - އެއަރކޮންޑިޝަނަރ : ހީޓް ބްލޯވަރ، ކޮމް ސެޓް
 - ޑްރަމް ސައިޒް : 16
 - ރިއަރ ވީލް : ޑުއެލް
 - ފުރޮޅު : 7 ފުރޮޅު ( ފަހަތްކޮޅު 4 ފުރޮޅު، ކުރީ ކޮޅު 2 ފުރޮޅު އަދި ރިޒާވް 1 ފުރޮޅު )
 - 2. އިތުރު މަޢުލޫމާތު
 
- މި ޕްރޮޖެކްޓްގައި ސަޕްލައި ކޮށްދޭ ޕިކަޕް، އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްދޭން ވާނެއެވެ.
 - ރަޖިސްޓްރޭޝަނާއި ފުރަތަމަ އަހަރު އަހަރީ ފީ ސަޕްލަޔަރ ދައްކައިދިނުން.
 - ޕިކަޕް ރަށަށް ގެނައުމަށްޓަކައި ދޯންޏަށް ލޯޑްކޮށްދިނުމަކީ ސަޕްލަޔަރުގެ ޒިންމާއެކެވެ.
 
- 3. ބިޑް ރަޖިސްޓްރޭޝަން
 
- 2022 ނޮވެމްބަރ 29 ވަނަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރަންވާނީ މި ކައުންސިލްގެ މެއިލް [email protected] އަށް ތިރީގައި މި ދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ.
 - ވިޔަފާރީގެ ނަން
 - ވިޔަފާރީގެ ރަޖިސްޓްރީ ނަމްބަރ
 - ވެރިފަރާތުގެ ނަން
 - ވެރިފަރާތާއި ގުޅޭނެ ނަމްބަރ
 - އީމެއިލް އެޑްރެސް
 
4 އަގު ހުށަހަޅަންވީ ގޮތް
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
 - އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
 - ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލަޔެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީ އުރައިގެ ބޭރުގައި އިޢުލާން ނަމްބަރ އަދި ތިރީގައި އެޑްރެސް ކުރެވިފައިވާ ގޮތައް އެޑްރެސް ކުރެވިފައި ހުންނަންވާނެއެވެ.
 
" ޕިކަޕް ގަތުން "
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
އއ.ހިމަންދޫ / ދިވެހިރާއްޖެ
5 ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
 - ވިޔަފާރީގެ ޕްރޮފައިލް ( މަޢުލޫމާތު ފޯމް ) މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ
 - އަންދާސީ ހިސާބު ހުށަހަޅާ ފޯމް ( މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ )
 
6 ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު
ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:
- އަގު 75%
- މުއްދަތު 5%
- ތަޖުރިބާ 5%
- ވޮރަންޓީ ( ވޮރަންޓީ 1 އަހަރަށްވުރެ ކުރުނަމަ ނުލިބޭނެއެވެ. 1 އަހަރާއި 2 އަހަރާއި ދެމެދުނަމަ، 5 ޕޮއިންޓް، 2 އަހަރު ނުވަތަ އެއަށްވުރެ އިތުރުނަމަ، 10 ޕޮއިންޓް )
- ވޮރަންޓީގެ މުއްދަތުގައި މަރާމާތު ކުރެވޭނެ ނުވަތަ ދޭނެ ޚިދުމަތްތައް ވޮރަންޓީ ލިޔުމުގައި ހިމަނަންވާނެއެވެ.
- ވެހިކަލްގެ އުމުރު ( 2022 ވަނަ އަހަރުނަމަ 15 ޕޮއިންޓް ، 2021 ވަނަ އަހަރުނަމަ 9 ޕޮއިންޓް، 2020 ވަނަ އަހަރުނަމަ 8 ޕޮއިންޓް، 2019 ވަނަ އަހަރުނަމަ 7 ޕޮއިންޓް، 2018 ވަނަ އަހަރުނަމަ 6 ޕޮއިންޓް، 2017 ވަނަ އަހަރުނަމަ 5 ޕޮއިންޓް، 2016 ވަނަ އަހަރުނަމަ 3 ޕޮއިންޓް، 2015 ވަނަ އަހަރުނަމަ 1 ޕޮއިންޓް )
- އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު އަގުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުޑަ އަގަށެވެ.
 - އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު މުއްދަތުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުރު މުއްދަތަށެވެ.
 - އަންދާސީހިސާބު އިވެލުއޭޓް ކުރުމުގައި އެންމެ ދިގު ވޮރަންޓީމުއްދަތު ވޮރެންޓީ ބެންޗްމާރކްގެ ގޮތުގައި ބެލޭނެއެވެ.
 - ބިޑް އިވެލުއޭޓް ކުރާނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީއިންނެވެ.
 - ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
 
7 އިތުރު މަޢުލޫމާތު ސާފުކުރުން
- ވިޔަފާރީގެ ވެރިފަރާތް ފިޔަވާ އެހެން ފަރާތެއްގެ ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
 - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.
 
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.