މަސައްކަތް
ނަންބަރު: (IUL)311/311/2022/70
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 30 ނޮވެންބަރު 2022 11:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕާކެއް ޑިޒައިން ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ރަށުގެ އަތިރިމަތީ ސަރަހައްދު ޕާކެއްގެ ގޮތަށް ތަރައްގީ ކުރުމަށްޓަކައި އެ ސަރަހައްދު ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު  މިކައުންސިލް އިދާރާގެ އީމެއިލް [email protected] ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މިބީލަމާގުޅޭ ލިޔެކިޔުންތައް ފޮނުވޭނެއެވެ. މިބީލަމުގައި ރަޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

 

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން.

30 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް

ބީލަން ބަލައިގަތުން.

05 ޑިސެމްބަރު 2022 ދުވަހުގެ 11.00 ގެ ނިޔަލަށް.

ބީލަންތައް ހުޅުވުން.

05 ޑިސެމްބަރު 2022 ވަނަ ދުވަހުގެ 11.00 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

 

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ.  ބީލަންތައް ހުންނަންވާނީ  ބަންދުކުރެވިފައިވާ  ސިޓީއުރައެއްގައެވެ.  މިކަމާ  ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6580072 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

23 ނޮވެންބަރު 2022