ދިވެހިރާއްޖެ
އިޢުލާން
2 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެއްޖެއެވެ.
މިބިއުރޯއިން ދީފައިވާ ސްޕެސިފިކޭޝަންއާއި އެއްގޮތަށް 2 ހައިއެންޑް ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިތަކެތި ސަޕްލައިކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 2022 ޑިސެމްބަރު 1 ވަނަ ދުވަހުގެ 13:30 އަށް މިބިއުރޯ ހިނގަމުންދާ އިމާރާތް، ދާރުލް އީމާން ބިލްޑީންގގެ 8 ވަނަ ފަންގެފިލާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މިބީލަމާއިބެހޭ މައުލޫމާތު އަދި ގަންނަން ބޭނުންވާ ތަކެތީގެ ސްޕެސިފިކޭޝަން މިއިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް http://www.statisticsmaldives.gov.mv އިންވެސް ލިބެން ހުންނާނެވާހަކަވެސް ދެންނެވީމެވެ. ބީލަމްގައި ބައިވެރިވެލައްވާ ފަރާތްތަކުން 2022 ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ 14:00ގެ ކުރިން ބީލަމްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލްކުރައްވައި ރަޖިސްޓްރީވިކަން ޔަގީން ކުރަންވާނެއެވެ.
އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008400 އަށް ގުޅުއްވުން އެދެމެވެ.
28 ރަބީޢުލްއާޚިރު 1444
22 ނޮވެމްބަރު 2022