ދިވެހިރާއްޖެ
މިއިދާރާއަށް 1500 ގޯނި ވެލިއަރުވަން ބޭނުން ވެގެން ކުރި ނަންބަރު: IUL)358/INDIV/2014/5)ފ(21 އޮކްޓޫބަރު 2014) އިޢުލާނާ ގުޅިގެން މިކަމަށް ކުރިމަތިލީ ފަރާތްތަކުން ހުށަހަޅުއްވާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އަންދާސީހިސާބުތައް ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މާކްސް ދެވޭ ގޮތްތައް:
# |
މާކްސް ދެވޭގޮތް |
މާކްސްދެވޭ މިންގަނޑުތައް |
ތަފުސީލު |
01 |
60% |
އަގު |
ޚިދުމަތުގެ އަގަށް ދެވޭ މާކްސް މާކްސް ދެވޭނީ މިކައުންސިލުގެ ފެންވަރު ކަނޑައަޅާ ފާސްވާ ފަރާތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން މާކްސް ދެވޭގޮތުގައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑަ އަގަށެވެ. |
02 |
25% |
މުއްދަތު |
އެންމެގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުރު މުއްދަތަށެވެ. |
03 |
15% |
ތަޖުރިބާ |
އެންމެގިނަ މާކްސް ލިބޭނީ ހުށަހެޅޭ އެންމެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށެވެ. |
މާކްސް ދެވޭގޮތުގެ ތަފުސީލު:
01. ބިޑް އިވެލުއޭޓް ކުރާނީ މިކައުންސިލުން އައްޔަނުކުރާ ބިޑް އިވެލުއޭޓްކުރާ ކޮމެޓީއަކުންނެވެ.
02. ބިޑް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާފަރާތަކަށް ބިޑް ލިބޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.
03. ބިޑް އިވެލުއޭޓް ކުރުމުގައި އެއްވެސް ޝަކުވާއެއް އޮތްނަމަ މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ.
ވީމާ، 1500 ގޯނިވެލި އަރުވައިދޭން ބޭނުންފުޅުވާ ފަރާތްތަކުން 20 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހު މިއިދާރާ ބަންދުވުމުގެ ކުރިން މިއިދާރާގެ ނަންބަރު 6700604 ފޯނާ ގުޅުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 މުޙައްރަމް 1436