މަސައްކަތް
ނަންބަރު: (IUL)263/263/2022/51
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 10:44
ސުންގަޑި: 27 ނޮވެންބަރު 2022 14:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

    މިއިދާރާގެ ނަންބަރު (IUL)263/263/2022/47 އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އަލުން އިޢުލާން ކުރަމެވެ. މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، ނެއްލައިދޫ ކުޑަކުދިންގެ ޕާކު މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

 

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 27 ނޮވެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް،  ބިޑް ރަޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރަޖިސްޓަރވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 28 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި ކައުންސިލް އިދާރާގައި އޮންނާނެއެވެ. ޕްރީބިޑް ސެޝަންގައި ބައިވެރިނުވިކަމުގައިވީނަމަވެސް އަންދާސީ ހިސާބު ހުށަހެޅޭނެއެވެ.

ބިޑް ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/qvsQXVkba5

          އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 05 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި ނެއްލައިދޫ ކައުންސިލްގެ އިދާރާގައެވެ.

 

    މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 28 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގެ ކުރިން  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓަރނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                     ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

21 ނޮވެންބަރު 2022