މަސައްކަތް
ނަންބަރު: (IUL)438-WMPC/438/2022/505
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:35
ސުންގަޑި: 08 ޖަނަވަރީ 2023 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ވެއިން ބްރިޖެއް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް- 2 ވަނަ ޓެންޑަރ

(IUL)438-WMPC/438/2022/505 :އިޢުލާން ނަންބަރު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޕްރޮޖެކްޓް ނަންބަރު: MV-MEE-285955-CW-RFB-2

ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ވެއިން ބްރިޖެއް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް-

2 ވަނަ ޓެންޑަރ

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ (އެމް.އީ.ސީ.ސީ.ޓީ) އިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން - ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް.އީ. ސީ. ޕީ) ދަށުނ ވެއިން ބްރިޖެއް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް  ކުރެވުނު (ނަންބަރު (IUL)438/438/2022/224) އިޢުލާނަށް ހުށަހަޅާފައިވާ ބީލަންތަކަށް ޝަރުތުހަމަވާ ފަރާތަކުން ކުރިމަތިލާފައި ނުވާތީ އިއުލާން ބާތިލް ކުރުމަށްފަހު، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުށަހަޅަންވާނެއެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް (ޓެކްނިކަލް ސްޕެސިފިކޭޝަން، ޑްރޯވިންގްސް، ބީ.އޯ.ކިއު، ސޭފްގަރޑް ޑޮކިޔުމަންޓާއި، ބިޑް ޑޮކިޔުމަންޓް) ތިރީގައިމިވާ ވަންޑްރައިވް ލިންކު މެދުވެރިކޮށް ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ.

މި ބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު "ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، ވާރލްޑް ބޭންކް ގައިޑްލައިންސް: IDAކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - 1 ޖުލައި 2016 ގައި އިސްލާޙުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންނެވެ. 

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 29 ޑިސެމްބަރ 2022 ދުވަހުގެ 12:00 ގެ ނިޔަލަށެވެ. މި ބީލަމުގައި ރެޖިސްޓްރީވެވޭނީ އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ރެޖިސްޓަރ ވާން އެދިލައްވާ ފަރާތުގެ ނަން އަދި ގުޅޭނެ ނަންބަރު އިނގޭނެހެން މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް އެޑްރޭހަށް އީމެއިލް ކުރައްވައިގެންނެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީބިޑް ބައްދަލުވުން

ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ޑިސެމްބަރ 2022 ދުވަހުގެ 12:00 ގައި އެން.ސީ.އައި.ޓީ ބިލްޑިންގައެވެ. އަދި ޕްރީބިޑް ބައްދަލުވުމަށް އޮންލައިންކޮށް ބައިވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތަކުން ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާނަމަ، އެފަރާތްތަކުން 19 ޑިސެމްބަރ 2022  ދުވަހުގެ 13:00 ގެ ކުރިން މިކަމަށްއެދި އީ-މެއިލް ކުރަންވާނެއެވެ.

ބިޑު ސެކިއުރިޓީ

މަޝްރޫޢުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 6,000 (ހަ ހާސް ރުފިޔާ) ދިވެހި ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން (118) ދުވަހެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު،ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 8  ޖެނުއަރީ 2023 ދުވަހުގެ 11:00ގެ  ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ތިރީގައި ދަންނަވާފައިވާ އެޑްރޭހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 08 ޖެނުއަރީ 2023 ދުވަހުގެ 11:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 27 ޑިސެމްބަރ 2022  ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް[email protected]

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

“Do not Open Before 8th January 2023 at 1100hrs – “Supply, Installation and Commissioning of a Weigh Bridge at Vandhoo RWMF – 2nd Tender – (IUL)438-WMPC/438/2022/505

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،

ނޭޝަނަލް ސެންޓަރ ފޯރ އިންފޯމޭޝަން އެންޑް ޓެކްނޯލޮޖީ ބިލްޑިނގް

ކަލާފާނު ހިނގުން، ހެންވޭރު، މާލެ، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ނަންބަރު: +960 3018451

ވެބްސައިޓް: www.environment.gov.mv

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

23 ނޮވެމްބަރ 2022

23 ނޮވެންބަރު 2022