ދިވެހިރާއްޖެ
ބަނޑިދޫގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޒުވާނުންގެ މަޒުކަޒުގެ ބިމުގައި ކުރިން އަޅާފައިވާ ކޮންކްރީޓް ފައުންޑޭޝަން ( 40×80 ފޫޓް) ނަގައި، ބިން ސާފުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ނޮވެމްބަރ 2022 ވަނަ ދުވަހުގެ މެންދުރުފަހު 13.00 އަށް ބަނޑިދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މިމަސައްކަތް ކުރުމަށް ކޯޓޭޝަން ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9650005 ނަމްބަރ ފޯނާއެވެ.
މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.